ނަމާދުނުކުރާ މީހުންނަށްވެސް ނަމާދުކުރަން ހަނދާންކޮށްދިނުމަކީ އޭނާ ނަމާދުނުކުރިޔަސް ﷲ ގެ ޙަޟްރަތުން ޘަވާބު ދެއްވަވާނެ ކަމެއް! ފަސޭހައިން ކުރެވެން އޮތް ކަމެއް!: އިން ޝާ ﷲ

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 30ސ
ނަމާދުނުކުރާ މީހުންނަށްވެސް ނަމާދުކުރަން ހަނދާންކޮށްދިނުމަކީ އޭނާ ނަމާދުނުކުރިޔަސް ﷲ ގެ ޙަޟްރަތުން ޘަވާބު ދެއްވަވާނެ ކަމެއް! ފަސޭހައިން ކުރެވެން އޮތް ކަމެއް!: އިން ޝާ ﷲ

އެކުވެރިންނަށް ނަމާދުކުރަން ހަނދާންކޮށްދިނީމަ ނުކިރިޔަސް ހަނދާންކޮށްދޭންވާނެތޯ؟  

ޖަވާބަކީ ކުރުމާއި ނުކުރުން އެއީ އެމީހެއްގެ ކަމެކެވެ. ހަނދާންކޮށްދެއްވާށެވެ! އެކަމަށް ތިބާއަށް ޘަވާބު ދެއްވަވާނެތެވެ. ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

ފުރަތަމަ ކަމަކަށް ވިސްނަން ޖެހޭނެ ކަމަކީ ހެޔޮ ނަޞޭޙަތެއް ދިނުމުން އެއްބައަކު ވަރަށް ފަސޭހައިން ޤަބޫލުކޮށް ޢަމަލުކުރިނަމަވެސް އަނެއް ބައަކަށް އެކަން ޤަބޫލުކުރެވޭނީ ތަންކޮޅެއް އުނދަގުލުން ކަމެވެ. އަދި އެއްގޮތަކަށްވެސް ޤަބޫލުނުކުރާނެ ބައަކުވެސް ތިބޭނެ ކަމެވެ.  

އެކުވެރިން ނުވަތަ ޢާއިލާގެ މީހުން ނަމާދުނުކުރިނަމަވެސް ކޮންމެ ނަމާދުވަގުތެއް ޖެހުމުންވެސް ނަމާދުކުރަން އެމީހުންނަށް ހަނދާންކޮށްދޭށެވެ! ނަޞޭޙަތްތެރިވާށެވެ! ހަނދާންކޮށްދިނުމުން އެމީހުން ނަމާދުނުކުރި ނަމަވެސް ތިބާ ހަނދާންކޮށްދީ ނަޞޭޙަތްދިންކަމުގެ ޘަވާބު ތިބާއަށް ދެއްވަވާނެތެވެ. އެކަމުގެ ސަބަބުން ޤިޔާމަތް ދުވަހު މީޒާނުގައި ތިބާގެ ކޮޅަށް ބޮޑުތަނުން ބުރަވެގެންދާނެއެވެ. އިން ޝާ ﷲ  

ހަމައެއާއިއެކު އެމީހަކީ ނުވަތަ ބައަކީ ތިބާގެ ބެލުމުގެދަށުގައިވާ ބައަކުނަމަ ނަމާދުކުރަން އަމުރުކުރަންޖެހޭނެއެވެ. ނަމާދުކުރުވަން ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރަންވެސް ޖެހޭނެއެވެ.  

ހެޔޮ އަމަލުކުރަން ނަޞޭޙަތްދީ އެހީތެރިވުމަކީ މަރުވުމުންވެސް އެކަމުގެ ފައިދާ ލިބިލިބި ހުންނާނެ ކަމެކެވެ. އަަހރެމެންގެ ލޮބުވެތި ނަބިއްޔާ، ކީރިތި ރަސޫލާ މުޙައްމަދު (ﷺ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ އެންމެ ބޮޑު ބުއްދިވެރިއަކީ އެމީހެއްގެ ނަފްސް ދެނެގަނެ، ހިސާބުކޮށް، އެމީހަކު ކުރާ ކޮންމެ ކަމެއް ވެސް ވިސްނުންތެރިކަމާއިއެކު ޢާޚިރަތުގެ ބާއްޖަވެރިކުރަން މަސައްކަތްކުރާ މީހާ ކަމަށެވެ. ވީމާ އަހަރެމެން ކުރާ ކޮންމެ ކޮންމެ ކަމެއްވެސް ކުރަން ޖެހޭނީ އެކަމެއްގެ ސަބަބުން ތިމާގެ އާޚިރަތް ބާއްޖަވެރިކުރުމަށް އެދިގެންނެވެ.  

ވީމާ އަޅުކަން ކުރުމުގައިވެސް އަދި އަމިއްލަ ދިރިއުޅުމުގެ ހަޔާތުގައިވެސް ކުރާ ކޮންމެ ކަމެއްވެސް ކުރަންޖެހޭނީ އެމީހެއްގެ އާޚިރަތް ބާއްޖަވެރިކުރުމަށެވެ. ދިރިއުޅުމުގައި ތަފާތު މަންޒަރުތައް ފެންނާނެއެވެ. ތަފާތު މީހުންނާއި ބައްދަލުވާނެއެވެ. އަދި ތަފާތު ކަންތައްތަކާއި ކުރިމަތިލާން ވެސް ޖެހޭނެއެވެ. މިފަދަ ކޮންމެ ކަމެއްގައިވެސް ވާގިވެރިވާން ޖެހޭނީ ހަމައެކަނި ހެޔޮ އަމަލުތައް ކުރުމަށެވެ. ނުބައި އެއްވެސް ކަމަކަށް ވާގިވެރިވެގެނެއް ނުވާނެއެވެ.  

ﷲ ތަޢާލާ ކީރިތި ޤްރްއާނުގައި ވަހީ ކުރައްވާފައިވަނީ ހެޔޮ ކަންކަމުގައި އެއް ބައަކު އަނެއް ބައަކަށް އެހީތެރިވުމަށެވެ. އަދި ނުބައި ކަންކަމުގައި އެއްބާރުލުން ނުދިނުމަށެވެ.  

ހެޔޮކަމެއް ކުރަން މަގުދައްކައިފި މީހަކަށް އެމީހަކު ކުރި ހެޔޮކަމާއި އެއްފަދައަކުން މަގު ދެއްކި މީހާއަށް ސަވާބު ދެއްވަވާނެ ކަމަށްވެސް ޙަދީޘްފުޅުގައި އެބައޮތެވެ. ވީމާ މީސްތަކުންނަށް ހެޔޮ އަމަލުކުރަން މަގު ދެއްކުމަކީ އެމީހެއްގެ އާޚިރަތް ބާއްޖަވެރިކުރަން ކުރެވޭ ވަރަށް ބޮޑު މަސައްކަތެކެވެ. އެއީ އެކަމުގެ ސަވާބު އެމީހާ މަރުވުމަށްފަހުވެސް ލިބިލިބި ހުންނާނެތީއެވެ.  

ވީމާ އަބަދުވެސް ހެޔޮއަމަލުތައް ކުރަން ޖެހޭނެއެވެ. ހެޔޮކަންކަން ކުރަން މަގުފަހިކޮށްދޭން މަސައްކަތްކުރަން ޖެހޭނެއެވެ. ހެޔޮ އަމަލުތައް ކުރަން ނަޞޭޙަތްދީ އެހީތެރިވާންވާނެއެވެ. ހަމައެއާއެކު ނުބައި އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. ނުބައި އަމަލުކުރަން ހިތްވަރުދީ ވާގިވެރިވެގެން ނުވާނެއެވެ! އެފަދަ ކަންކަން ކުރާނަމަ ތިބާދާނީ ފާފަވެރިވަމުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

މިއަދު އޮންލައިން