"ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ހުށައެޅުމުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
"ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ހުށައެޅުމުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލާފައިވާ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ. ކުރިން މި ފުރުޞަތު ހުޅުވާލާފައި އޮތީ މި ހިނގާ މަހުގެ ނިޔަލަށެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މުއްދަތު އިތުރުކުރަން ނިންމީ އަޟްޙާ ޢީދު ބަންދާ ގުޅިގެން ގިނަ ބަޔަކު ރަށުން ބޭރަށް ދަތުރުކުރުމާއި، ސަރުކާރު ބަންދުވުމުގެ ސަބަބުން ފޯމު ހުށަހެޅުމަށް ބޭނުންވާ ލިޔެކިއުންތައް ހޯދުމުގައި ދަތިތަކެއް ކުރިމަތިވަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާތީ ކަމަށެވެ. މީގެ އިތުރުން، ކަނޑައެޅިފައިވާ މުއްދަތުގައި ފޯމު ހުށަހެޅުމަށް ގިނަ ފަރާތްތަކަކަށް އުނދަގޫތަކެއް ހުރިކަން އެ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.

މި ނިންމުމާއެކު، މާލެ ސަރަހައްދުން ފްލެޓާއި ގޯއްޗަށް އެދި ހުޅުވާލާފައިވާ ހުރިހާ ސްކީމުތަކަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު އަންނަ މަހުގެ 15 ވަނަ ދުވަހުގެ 23:59 ގެ ނިޔަލަށް މިހާރު ވަނީ އިތުރުކޮށްފައެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ފޯމު ހުށަހެޅުމުގެ ކުރިން ހުރިހާ މަޢުލޫމާތަކާއި ލިޔެކިއުންތަކެއް ފުރިހަމައަށް ހުރިތޯ ކަށަވަރުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ހުށަހަޅަނީ އެ ފަރާތަކުން ބޭނުންވާ ރަނގަޅު ސްކީމަށްތޯ ބެލުމަކީވެސް މުހިންމު ކަމެއްކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

މީގެ އިތުރުން، އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން ފޯމު ހުށަހެޅުމަށްފަހު، ޕޯޓަލް މެދުވެރިކޮށް ފޯމު ކާމިޔާބުކަމާއެކު ހުށަހެޅުނުކަން ކަށަވަރުކުރުމަށްވެސް ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ.

މިއަދު އޮންލައިން