ވަޠަނީ ޚިދުމަތުގެ ފަންނީ ޕްރޮގްރާމު ފުރިހަމަ ކުރި ދަރިވަރުންނަށް ރައީސް މަރުޙަބާ ވިދާޅުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ވަޠަނީ ޚިދުމަތުގެ ފަންނީ ޕްރޮގްރާމު ފުރިހަމަ ކުރި ދަރިވަރުންނަށް ރައީސް މަރުޙަބާ ވިދާޅުވެއްޖެ

ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމު ކާމިޔާބުކަމާއެކު ފުރިހަމަކުރި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މި މަރުޙަބާ ދެންނެވީ ސޯޝަލް މީޑިއާގައި މިއަދު ހިއްސާ ކުރެއްވި ޚާއްޞަ ޕޯސްޓެއްގައެވެ.

މި ޕްރޮގްރާމުން މިއަދު ޖުމްލަ 63 ޒުވާނުން ވަނީ ދަސްވެނިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 17 އަހަރުގެ 37 ޒުވާނުންނާއި، 18 އަހަރުގެ 24 ޒުވާނުންގެ އިތުރުން 19 އަހަރުގެ 2 ޒުވާނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ މަޢުލޫމާތު ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މި މުނާސަބަތުގައި ހުރިހާ ދަސްވެނިންނަށާއި، އެ ކުދިންގެ ބެލެނިވެރިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާ ވިދާޅުވިއެވެ. މީގެ އިތުރުން މި ޕްރޮގްރާމް ހިންގުމުގައި ބައިވެރިވި އެންމެހާ މުދައްބިރުންނަށާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަދި ދިފާޢީ ވުޒާރާގެ އެންމެހާ މުވައްޒަފުންނަށްވެސް އެމަނިކުފާނު ވަނީ ޝުކުރާއި މަރުޙަބާ އަދާކުރައްވާފައެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނަކީ، ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްގެ އިނީޝިއަލް ޓްރެއިނިންގ ފުރިހަމަކުރާ ދަރިވަރުންނަށް އަމާޒުކޮށްގެން، ޒުވާނުންގެ ހުނަރާއި ގައުމީ ލޯބި އިތުރުކުރުމަށް ކުރިއަށް ގެންދެވޭ މުހިންމު ޕްރޮގްރާމެކެވެ.

މިއަދު އޮންލައިން