ފުޓްބޯޅައިގެ ތެރެއިން ރިވެތި އަޚްލާޤާއި، ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތްކުރުމަށް ދަސްކޮށްދޭ: ސާޖިދާ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
ފުޓްބޯޅައިގެ ތެރެއިން ރިވެތި އަޚްލާޤާއި، ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތްކުރުމަށް ދަސްކޮށްދޭ: ސާޖިދާ

ފުޓްބޯޅައަކީ ހަމައެކަނި ކުޅިވަރެއް ނޫން ކަމަށާއި، އެއީ މުޖުތަމަޢުގެ ތަފާތު އުމުރުފުރާތަކުގެ އެކި ފަންތީގެ މީހުން އެއްބައިވަންތަކޮށްދީ، އެކުވެރިކަން އާލަކޮށް، ދުޅަހެޔޮ، އުފާވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދޭ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ފުޓްބޯޅަ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެކަމަނާ ވަނީ، ފުޓްބޯޅައަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ހިތްތަކާ ނުހަނު ބޮޑަށް ގުޅިފައިވާ ކުޅިވަރެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އަދި ފުޓްބޯޅައިގެ ތެރެއިން ރިވެތި އަޚްލާޤާއި، ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތްކުރުމަށް ދަސްކޮށްދިނުމުގެ އިތުރުން، ޤަވާއިދާއި އުސޫލުތަކަށް ތަބާވެ، އެކަމުގެ މުހިއްމުކަން ދަސްކޮށްދޭ ކަމަށް ފަސްޓް ލޭޑީ ވިދާޅުވިއެވެ.

މި ކުޅިވަރުގެ މުހިއްމުކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ސާޖިދާ ވިދާޅުވީ، "މިއީ ހަމައެކަނި ކުޅުންތެރިން ބިނާކޮށްދޭ ކަމެއް ނޫން. މިއީ ޒިންމާދާރުކަމާއެކު ހަމަހަމަކަމަށް ލޯބިކުރާ ރައްޔިތުންތަކެއް ބިނާކުރުމަށް އެހީތެރިވެދޭ ކަމެއް،" ކަމަށެވެ.

ފުޓްބޯޅައިގެ ދުވަހުގައި ކުރެވޭ އެންމެ ބޮޑު އުއްމީދަކީ، ފުޓްބޯޅަ ފަދަ ކުޅިވަރުތަކުގެ ޒަރީއާއިން މުޖުތަމަޢުގައި ސުލްހަވެރިކަން ޤާއިމުކޮށް، ގުޅުންތައް ބަދަހިކޮށް، ޤައުމުގެ ޒުވާނުންނަކީ ބޮޑެތި ކާމިޔާބީތަކަށް އުންމީދުކުރާ ބަޔަކަށްވުން ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

އަދި މީގެއިތުރުން، މި ކުޅިވަރުގެ ސަބަބުން ހުރިހާ އެންމެންނަށް ދެމެހެއްޓެނިވި ގޮތެއްގައި ފާގަތި މުސްތަޤުބަލެއް ބިނާވެގެން ދިއުމަށް އެދޭ ކަމަށް ވެސް އެކަމަނާގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

މިއަދު އޮންލައިން