އަޟްހާ ޢީދުގެ ބަންދުގައި ފެސިލިޓީތަކުން މަސް ނުގަންނާނެ: މިފްކޯ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
އަޟްހާ ޢީދުގެ ބަންދުގައި ފެސިލިޓީތަކުން މަސް ނުގަންނާނެ: މިފްކޯ

އަޟްހާ ޢީދުގެ ބަންދު ދުވަސްތަކުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ފެސިލިޓީތަކުން މަސް ގަތުން މެދުކަނޑާލާނެ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. މިފްކޯއިން ވިދާޅުވީ ޢީދު ބަންދަށްފަހު އަލުން މަސް ގަންނަން ފަށާނީ ކުރިއަށް އޮތް ހޮނިހިރު ދުވަހުން ފެށިގެން ކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މިފްކޯއިން ވިދާޅުވީ، ޢީދުގެ މުނާސަބަތާއި ގުޅިގެން އަންގާރަ، ބުދަ އަދި ބުރާސްފަތި ދުވަހު އެކުންފުނީގެ އެއްވެސް ފެސިލިޓީއަކުން ނުވަތަ ބޯޓަކުން މަސް ނުގަންނާނެ ކަމަށެވެ. މީގެ އިތުރުން، މި ދުވަސްތަކުގައި އެ ކުންފުނީގެ ސެންޓަރުތަކުންނާއި އައިސް ޕްލާންޓުތަކުން އައިސް ވިއްކުމުގެ ޚިދުމަތްވެސް މެދުކަނޑާލާނެއެވެ.

މިފްކޯއިން އިތުރަށް ބަޔާންކުރި ގޮތުގައި، ޢީދު ބަންދަށްފަހު އަންނަ ހުކުރު ދުވަހަކީ އާންމުކޮށްވެސް އެ ކުންފުނިން މަސް ނުގަންނަ ދުވަހެކެވެ. އެހެންކަމުން، ކުންފުނީގެ ފެސިލިޓީތަކާއި އައިސް ޕްލާންޓްތައް އަލުން ހުޅުވައި ޚިދުމަތް ދޭން ފަށާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހު ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.

މަސްވެރި އުޅަނދުފަހަރުން މަސް ގަތުމާއި އައިސް ދޫކުރުމުގެ މަސައްކަތް ހޮނިހިރު ދުވަހުން ފެށިގެން އާންމު އުސޫލުން ކުރިއަށްދާނެ ކަމަށް މިފްކޯއިން ވަނީ ކަށަވަރުކޮށްދީފައެވެ.

މިއަދު އޮންލައިން