ދެކުނު އޭޝިއާގެ ސަރަހައްދީ ބައްދަލުވުމުގައި ދިވެހި ދެ ފުލުހަކު ބައިވެރިވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ދެކުނު އޭޝިއާގެ ސަރަހައްދީ ބައްދަލުވުމުގައި ދިވެހި ދެ ފުލުހަކު ބައިވެރިވެއްޖެ

"ސައުތު އޭޝިއާ ރީޖަނަލް މީޓީންގ އޮން ދަ ޕްރޮޓެކްޝަން އޮފް ވިކްޓިމްސް އެންޑް ވިކްޓިމް ވިޓްނެސަސް އޮފް ހިއުމަން ޓްރެފިކިންގ ވިތްއިން ކްރިމިނަލް ޖަސްޓިްސް ޕްރޮސެސަސް" ގައި ދިވެހި ދެފުލުހަކު ބައިވެރިވެއްޖެއެވެ.

މި މަހުގެ 21 އިން 22އަށް ނޭޕާލްގެ ކަތަމަންޑޫގައި ބޭއްވި މި ބައްދަލުވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބައިވެރިވެފައިވަނީ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ވަސީމާ ޙަސަންއާއި، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޙަަސަން ރަޝީދުއެވެ.

މި ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ ދެކުނު އޭޝިއާގެ ގައުމުތަކުގައި އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ ފަރާތްތައް ޖިނާއީ މަރުހަލާތަކުގައި ބައިވެރިވާއިރު، އެ ފަރާތްތަކުގެ ހައްގުތަކަށް އިސްކަންދީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމެވެ.

މި ބައްދަލުވުމުގައި، ޖިނާއީ އަދުލުގެ ނިޒާމުގައި މަސައްކަތްކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، މައްސަލަތައް ތަހުގީގުކުރުމުގައާއި، އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ ފަރާތްތަކަށް ޝަރީއަތުގެ މަރުހަލާގައި ފުރިހަމަ ރައްކާތެރިކަމާއި ގާނޫނީ އެހީތެރިކަން ލިބޭނެކަން ކަށަވަރުކުރުމަށް ބާރުއަޅާފައިވެއެވެ.

އަދި އެ ފަރާތްތަކުން އެއްވެސް ބިރުވެރިކަމެއް ނެތި، އަމިއްލަ އިހުތިޔާރުގައި މި މަރުހަލާތަކުގައި ބައިވެރިވުމަށް ބާރުއަޅާފައިވެއެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން