އުރީދޫގެ ފަރާތުން މި ޢީދަށް ހާއްސަ އޮފާތަކެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 3މ
އުރީދޫގެ ފަރާތުން މި ޢީދަށް ހާއްސަ އޮފާތަކެއް!

އަޟްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ކަސްޓަމަރުންނަށް ތަފާތު އޮފާ ތަކެއް އިއުލާނުކޮށްފިއެވެ. ބޮޑެތި ޑޭޓާ ޕެކްތަކާއި، ވެލިޔު ޝެއާ ޕެކްތަކުން ފެށިގެން މަގޭ ޕްލޭންތަކަށް ލިބޭ އިތުރު ބޯނަސްތަކާ އެކު، މި ޢީދުގެ އޮފާތައް ފަރުމާކޮށްފައި ވަނީ، ކޮންމެ މީހަކަށް ވެސް ގުޅުން ބަދަހިކޮށް، މަޖާކޮށް، ޝެއާކޮށް، އަދި ހަލުވި ސްޕީޑްގެ ތަޖުރިބާތައް ގެނެސްދިނުމަށެވެ.  

ބޮޑު ޢީދު އޮފާތައް:

1.     އަވަރލީ ޑޭޓާ ޕެކް – އެއް ގަޑިއިރަށް 26 ޖީބީ ޑޭޓާ

ބޮޑު ޢީދުގެ ފޯރިގަދަ ވަގުތުތައް، އާއިލާ އާއި ރައްޓެހިންނަށް ހިއްސާކުރުމަށް 26 ޖީބީ ޑޭޓާ 1 ގަޑިއިރަށް ނެންގެވޭނެއެވެ. އެންމެ 20 ރުފިޔާއަށް ނެންގެވޭ މި ޕެކް، ޝޯޝާލް މީޑިޔާގައި ވަގުތުން ސްޓްރީމް ކުރުމަށާއި، ފޮޓޯ އަދި ވީޑިޔޯ ޝެއަރ ކުރުމަށް ބޭނުންކުރެވޭނެއެވެ.  

2.     ވެލިއު ޝެއާ ޕެކް - 100 ޖީބީ

ޕްރީޕެއިޑް ކަސްޓަމަރުންނަށް ޚާއްޞަ 100 ޖީބީ ޕެކްތަކާއެކު، މި ޢީދުގެ އުފާ ހިއްސާ ކުރައްވާށެވެ. ގާތް މީހުންނާ ހިއްސާ ކުރެވޭ ގޮތަށް އަދި އަމިއްލަ ބޭނުމަށްވެސް މި ޕެކްތައް ލިބެން ހުންނާނެއެވެ.

·       ގާތް މީހުންނަށް ހިއްސާ ކުރެވޭ ޕެކްސް:

o      100 ޖީބީ 10 ދުވަހަށް - 300 ރުފިޔާ

o      100 ޖީބީ 5 ދުވަހަށް - 200 ރުފިޔާ

މި ޖުމްލަ 100 ޖީބީގެ ތެރެއިން، އަމިއްލަ ބޭނުންތަކަށް 40 ޖީބީ އަދި ދެ މީހަކާ ހިއްސާ ކުރުމަށް 60 ޖީބީ ލިބިގެންދާނެއެވެ. ޝެއާކުރާ ޑޭޓާ ބަހާލެވޭނީ 2 ޕްރީޕެއިޑް ނަންބަރަށް - ކޮންމެ މީހަކަށް 30 ޖީބީއެވެ.

·       މީގެ އިތުރުން، އަމިއްލަ ބޭނުމަށް ނެންގެވޭ ޕެކްސް:

o      100 ޖީބީ 5 ދުވަހަށް – 150 ރުފިޔާ

o      100 ޖީބީ 3 ދުވަހަށް – 100 ރުފިޔާ   

3.     ޑޭޓާ ޕެކް ހަދިޔާކުރައްވައިގެން ހިލޭ ޑޭޓާ ހޯއްދަވާ ޢީދުގެ ހަދިޔާއެއްގެ ގޮތުގައި ގާތް ބޭފުޅުންނަށް ޑޭޓާ ޕެކް ހަދިޔާކުރައްވައިގެން އިތުރު އިނާމުތަކެއް މި ޢީދުގައި ހޯއްދެވޭނެއެވެ. މިގޮތުން ހަދިޔާ ކުރާ ކޮންމެ ޑޭޓާ ޕެކަކާއި އެކު، ހިލޭ ޑޭޓާ ލިބިގެންދާނެއެވެ:

·       ފުރަތަމަ ޕެކް ފޮނުވުމުން: 1 ޖީބީ (4 ގަޑިއިރަށް)

·       ދެވަނަ ޕެކް ފޮނުވުމުން: 10 ޖީބީ (6 ގަޑިއިރަށް)

·       ތިންވަނަ ޕެކް ފޮނުވުުމުން: 100 ޖީބީ (4 ގަޑިއިރަށް)

·       ހަތަރުވަނަ ޕެކް ފޮނުވުމުން: 200 ޖީބީ (4 ގަޑިއިރަށް)

މި އޮފާ ފެށޭނީ އަޟްހާ ޢީދު ދުވަހުން ފެށިގެން، ޢީދު ނިމެންދެނެވެ.  

4.     މަގޭ ޕްލޭނަށް ޢީދު ހަދިޔާ

މަގޭ ޕްލޭން އެކްޓިވޭޓް ކުރާ ފަރާތްތަކަށް ޚާއްސަ ޢީދު ހަދިޔާއެއްގެ ގޮތުގައި އިތުރު %25 ބޯނަސް ޑޭޓާ ލިބިގެން ދާނެއެވެ.

އަޟްޙާ ޢީދު ފާހަގަކުރާއިރު، ކަސްޓަމަރުންނަށް ގުޅިފައި ތިބުމަށާއި، އުފާވެރިކަން ޙިއްޞާކުރުމާއި، ހަލުވި ސްޕީޑްގެ ޑިޖިޓަލް ޚިދުމަތްތައް ތަޖުރިބާކުރުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ. އީދު ފަދަ މުހިންމު މުނާސަބަތުތަކުގައި މިފަދަ ޚާއްސަ އޮފާރތައް ކަސްޓަމަރުންނަށް ފަހިކޮށްދިނުމަކީ އުރީދޫއަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ. އަދި ކަސްޓަމަރުންނަށް ސީދާ އުރީދޫ އެޕް މެދުވެރިކޮށް މި އޮފާތައް އެކްޓިވޭޓްކޮށްލެވޭއެވެ.

މިއަދު އޮންލައިން