އަތޮޅުތެރޭގެ ފުރަތަަމަ މިފްކޯ އައުޓްލެޓް އައްޑޫ ސިޓީ ހިތަދޫގައި ހުޅުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
އަތޮޅުތެރޭގެ ފުރަތަަމަ މިފްކޯ އައުޓްލެޓް އައްޑޫ ސިޓީ ހިތަދޫގައި ހުޅުވައިފި

އައްޑޫ ސިޓީ ހިތަދޫގައި މޯލްޑިވްސް ފިޝަރީޒް އެންޑް އިންޑަސްޓްރިއަލް ކޮމްޕެނީ (މިފްކޯ) ގެ އައުޓްލެޓެއް ރަސްމީކޮށް ހުޅުވައިފިއެވެ. މި ފިހާރައަކީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދެއްގައި މިފްކޯއިން ހުޅުވި އެކުންފުނީގެ ފުރަތަމަ ފިހާރައެވެ.

ހިތަދޫގައި މިފްކޯއިން ހުޅުވި މި ފިހާރަ ހުންނަނީ އެ ރަށުގައި ހުންނަ މިފްކޯގެ އައިސް ޕްލާންޓް ކައިރިން ލިންކް ރޯޑަށް ވާގޮތަށެވެ. މި އައުޓްލެޓް ހުޅުއްވައިދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ.

މިފްކޯއިން މަޢުލޫމާތު ދޭގޮތުގައި، ހޯމަ ދުވަހުގެ ރެއިން ފެށިގެން މި ފިހާރައިން އެ ކުންފުނީގެ އެކި އުފެއްދުންތައް އާންމުންނަށް ލިބެން ހުންނާނެއެވެ. މީގެ ތެރޭގައި މިފްކޯގެ މަސްދަޅުގެ ބާވަތްތަކާއި އެހެނިހެން އުފެއްދުންތައް ހިމެނެއެވެ.

މި އައުޓްލެޓާއެކު އައްޑޫ ސިޓީގެ ރައްޔިތުންނަށް މިފްކޯގެ އުފެއްދުންތައް ފަސޭހަކަމާއެކު ގަންނަން ލިބޭނެ މަގު ތަނަވަސްވެގެންދާނެއެވެ. މިއީ އަތޮޅުތެރޭގައި މިފްކޯގެ ވިޔަފާރި ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެކެވެ.

މިއަދު އޮންލައިން