އައްޑޫ ރައްޔިތުންނަށް މިފްކޯގެ އުފެއްދުންތައް ލުއި އަގެއްގައި މެދުނުކެނޑި ލިބޭނެ: ސީއީއޯ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
އައްޑޫ ރައްޔިތުންނަށް މިފްކޯގެ އުފެއްދުންތައް ލުއި އަގެއްގައި މެދުނުކެނޑި ލިބޭނެ: ސީއީއޯ

އައްޑޫ ސިޓީގެ ރައްޔިތުންނަށް މިފްކޯގެ އުފެއްދުންތައް ލުއި އަގުތަކެއްގައި މެދުނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް އެ ކުންފުނީގެ ސީއީއޯ ވިދާޅުވެއްޖެއެވެ. ސީއީއޯ މިހެން ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫގައި މިފްކޯއިން އަލަށް ހުޅުވި މަސްފިހާރަ އިފްތިތާހު ކޮށްދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.

ހިތަދޫގައި ހުންނަ މިފްކޯގެ އައިސް ޕްލާންޓް ކައިރިން ލިންކް ރޯޑަށް ވާގޮތަށް ހުޅުވި މި ފިހާރައަކީ މާލެ ސަރަޙައްދުން ބޭރުގައި އެ ކުންފުނިން ހުޅުވި ފުރަތަމަ މަސްފިހާރައެވެ. ސީއީއޯ ވިދާޅުވީ މި ފިހާރައާއެކު، ހުޅުމީދޫގައި ގާއިމުކޮށްފައިވާ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް މެދުވެރިކޮށް ލޯކަލް ޕްރޮޑަކްޝަން އިތުރަށް ފުޅާކުރެވިގެންދާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީއީއޯ ވަނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތާއި މިފްކޯގެ ތަރައްޤީއަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބަހައްޓަވާ އަހަންމިއްޔަތާއި ދެއްވާ އެއްބާރުލެއްވުމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި މަސްވެރިކަން ކުރިއެރުވުމަށް ކުރައްވާ މަސައްކަތް ފާހަގަކުރައްވައި ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމަށް ވެސް ޝުކުރު އަދާކުރެއްވިއެވެ.

މިރެއިން ފެށިގެން މި ފިހާރައިން މިފްކޯގެ އެކި އުފެއްދުންތައް އާންމުންނަށް ލިބެން ހުންނާނެއެވެ. މިއީ އައްޑޫގެ ރައްޔިތުންނަށް ފަސޭހަކަމާއެކު މިފްކޯގެ އުފެއްދުންތައް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ ކުންފުނިން ފާހަގަކުރެއެވެ.

މިއަދު އޮންލައިން