ބަރަކާތްތެރި އަޟްޙާ ޢީދުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސަޖިދާ މުޙައްމަދު ދިވެހި އެންމެހާ ރައްޔިތުންނަށް ޢީދުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަޟްޙާ ޢީދުގެ ތަހުނިޔާ ފޮނުއްވާފައިވަނީ، މި މުނާސަބަތާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޚާއްޞަ ޕޯސްޓެއްގައެވެ.
މެޑަމް ސަޖިދާގެ ޕޯސްޓުގައި ވަނީ، މި ބަރަކާތްތެރި ޢީދު ދުވަހަކީ އެންމެހާ މީސްތަކުންގެ މެދުގައި ލޯތްބާއި ކުލުނުން ފުރިގެންވާ ދުވަހެއް ކަމުގައި ލެއްވުމަށް އެދި ދުޢާ ކުރައްވާފައެވެ. އަދި ޢީދުގެ އުފާވެރިކަމުގެ ތަހުނިޔާއާއި މުބާރަކުބާދީ ރާއްޖޭގެ އެންމެހާ އަޚުންނާއި އުޚުތުންނަށް އެކަމަނާ ވަނީ އަރިސްކުރައްވާފައެވެ.