ރާއްޖޭގައި ފުރަތަމަ ފަހަރަށް، ޑިޖިޓަލްކޮށް ޢީދު ހަދިޔާ ފޮނުވޭނެ ޚާއްސަ ޚިދުމަތެއް އުރީދޫ އެމްފައިސާއިން ތައާރަފްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 58ސ
ރާއްޖޭގައި ފުރަތަމަ ފަހަރަށް، ޑިޖިޓަލްކޮށް ޢީދު ހަދިޔާ ފޮނުވޭނެ ޚާއްސަ ޚިދުމަތެއް އުރީދޫ އެމްފައިސާއިން ތައާރަފްކޮށްފި

އުރީދޫ އެމްފައިސާއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިޖިޓަލްކޮށް ޢީދު ހަދިޔާ ފޮނުވޭނެ ޚިދުމަތެއް ތައާރަފުކޮށްފިއެވެ. މި ޚިދުމަތަކީ އަޟްޙާ ޢީދާ ގުޅުވައިގެން، އާއިލާ އާއި ގާތް ރަހުމަތްތެރިންނަށް ފަސޭހަކަމާއެކު ޢީދު ހަދިޔާ ފޮނުވުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިކޮށްދިނުމަށް ތައާރަފުކުރި ޚިދުމަތެކެވެ. 

މިގޮތުން، ކަސްޓަމަރުންނަށް އެމް-ފައިސާ ޑިޖިޓަލް ވޮލެޓް މެދުވެރިކޮށް، ކޮންމެ ވަގުތަކު އަދި ކޮންމެ ތަނެއްގައި ހުރެގެންވެސް، ފައިސާ ޢީދު ހަދިޔާގެ ގޮތުގައި ފޮނުވާލެވޭނެއެވެ. މި ހިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ޢީދުގެ އުފާވެރިކަން ހިއްސާކޮށް، ގުޅުންތައް ބަދަހިކުރުމުށް ފުރުސަތު ލިބިގެންދާނެއެވެ. 

އެމް-ފައިސާ އެޕް މެދުވެރިކޮށް ޢީދު ހަދިޔާ ފޮނުވާލުމަށް:

•        އެމް-ފައިސާ އެޕް ހުޅުވާލާ،

•        އެޕްގައިވާ "އީދު ހަދިޔާ" ބެނާއަށް ކްލިކް ކުރައްވާ،

•        ފޮނުވަން ބޭނުންވާ ހަދިޔާ އިހްތިޔާރު ކުރައްވާ، ނުވަތަ ހަދިޔާ ގޮތުގައި ފޮނުވަން ބޭނުންވާ އަދަދު ޖައްސަވާ،

•        ޢީދުގެ ތަހުނިޔާ މެސެޖެއް ހިމަނާލާ،

•        ޢީދު ހަދިޔާ ފޮނުވަން ބޭނުންވާ ފަރާތުގެ އެމްފައިސާ މޮބައިލް ނަންބަރު ޖައްސަވާ،

•        އޯ.ޓީ.ޕީ ނަންބަރު ޖެއްސެވުމަށްފަހު ވަގުތުން ފޮނުވާލާ.

މި ހިދުމަތަކީ އެމްފައިސާގައި ރަޖިސްޓްރީވެފައިވާ ހުރިހާ ކަސްޓަމަރުންނަށްވެސް ފަސޭހަކަމާ، އަދި ރައްކާތެރިކަމާއެކު ބޭނުންކުރެވޭނެ ހިދުމަތެކެވެ.  

އުރީދޫ މޯލްޑިވްސްގެ އަމާޒަކީ ޒަމާނީ ފިންޓެކް ވަސީލަތްތަކުގެ އެހީގައި ދިވެހިންގެ ޑިޖިޓަލް ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދިނުމެވެ.  އަދި، ޢީދުގެ އުފަލާ ގުޅިފައިވާ އެކަކު އަނެކަކަށް ހަދިޔާ ބަދަލުކުރުމުގެ ރީތި އާދަ، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދެމެހެއްޓުމަށް މަގުފަހިކޮށްދިނުމެވެ.

މި ޢީދުގައި އެމްފައިސާ މެދުވެރިކޮށް، ކޮންމެ ތަނެއްގައި ހުރެގެންވެސް ރައްޓެހިންނާއި އާއިލާއަށް އީދު ހަދިޔާ ހިއްސާކޮށްލާ!Top of Form

•        އެމްފައިސާ ހިދުމަތަށް ރަޖިސްޓަރ ކޮށްލުމަށް: http://ore.do/mf  


މިއަދު އޮންލައިން