އަލްމަރްޙޫމް ޢަބްދުﷲ ޝަރީފް އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 53ސ
އަލްމަރްޙޫމް ޢަބްދުﷲ ޝަރީފް އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

ގެދޮރުވެރިކަމާބެހޭ ވުޒާރާގެ ކޯޑިނޭޓަރެއްގެ މަޤާމުގައި މަސައްކަތްކުރެއްވި ލ.ދަނބިދޫ، ނިރިލި، އަލްމަރްޙޫމް ޢަބްދުﷲ ޝަރީފް އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ މަރުޙޫމްގެ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގެން، އިޚްލާޞްތެރި ތައުޒިޔާ ދަންނަވާފައެވެ.

ޢަބްދުﷲ ޝަރީފަކީ، ލ.ދަނބިދޫ ކަތީބުކަމާއި ހިންގުމުގެ ދާއިރާގައި އެކި ވަޒީފާތައް އަދާކުރެއްވި ހީވާގި ޚިދުމަތްތެރިއެއްކަން ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ވަނީ ފާހަގަކުރައްވާފައެވެ. އޭނާ ވަނީ ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލެއްވީ، މަރުޙޫމްގެ ފުރާނައަށް މާތްﷲގެ ތަނަވަސް ރަޙުމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކޮށްދެއްވުން އެދި ދުޢާ ދަންނަވަަމުންނެވެ.

މިއަދު އޮންލައިން