އަހުރެމެންނަށް (މުސްލިމުންނަށް) އެންމެ މުހިންމުކަމަކީ ފަރުޟްނަމާދުތަކަށް ރައްކައުތެރިވުމެވެ. އެކަމަށްހުރި އެންގެވުންތައް ގިނަވެފައި ވަރުގަދަކަމުންނެވެ.
"މުއުމިނުންގެ ކިބައިގައި ހުންނަންޖެހޭ ހަވަނަ ސިފައެއްކަމުގައި އަންގަވާފައިވަނީ، ނަމާދު ތަކަށް ރައްކާތެރިވުމެވެ. ފަސް ނަމާދު އޭގެ ވަގުތުގައި އަދާކުރުމެވެ. މިއާޔަތްތަކުގައި ނަމާދުގެ ވާހަކަ ތަކުރާރުވުމުން އެނގެނީ ނަމާދަށް ދެވިފައިވާ އަހައްމިއްޔަތެވެ. ބަޔާންވެދިޔަ ހަ ކަންތަކަށް ރައްކާތެރިވެއްޖެ މީހަކީ ފަލާޙާއި ކާމިޔާބު ލިބިއްޖެ މީހެކެވެ. އެފަދަ މީހުންނަކީ ސުވަރުގޭގެ ވާރުތަވެރިންނެވެ. އެތާނގައި އެމީހުން އަބަދުގެ އަބަދަށް ދެމިތިބޭނެތެވެ. ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ޖަންނަތުލްފިރުދައުސްގެ އަހުލުވެރީން ކަމުގައި އަޅަމެން ލައްވާނދޭވެ! އާމީން!
- އައްޝައިޚް ޢަލީ ޝަހީދު
ކަން އޮތީ މިފަދައިން ނަމަވެސް ފަރުޟްނަމާދުތަކަށް އެބަ ރައްކައުތެރިވެވޭހެއްޔެވެ؟ މިއީ ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ނަފުށާއި ކޮށްލަންޖެހޭ އެންމެ މުހިންމު ސުވާލެވެ. ހަފްތާ، މަސް، އަހަރުނިމިގެންދާއިރު ނުކޮށް ދޫކޮށްލެވެނީ ކިތައް ނަމާދުކަން ބުނެލަން އެނގޭނެ ހެއްޔެވެ؟ ގިނަ މީހުންނަކީ މަސްދުވަސްވެގެންދާއިރު އެކަމުގެ ވަޤުތުގައި ފަތިސްނަމާދުކޮށްލެވޭ ބައަކުކަމަށްނުވާކަމީ އޮތް އެންމެ ބޮޑު ހިތާމައެވެ.
ޤިޔާމަތް ދުވަހު ފުރަތަމަވެސް ޙިށާބުބައްލަވާނީ ނަމާދުގެކަން އެންގެން އެބައޮތެވެ. ނަމާދުން ފޭލްވެއްޖެ މީހަކު ފޭލްވީކަންވެސް އެނގެން އެބައޮތެވެ. ވީއިރު ނަމާދަށްވުރެ ސަމާލުކަންދޭންޖެހޭ ކަމެއް ނިކަން ބުނެދީބަލާށެވެ. ކޮންމެ މީހަކުވެސް ސުވަރުގެ ވަންނަން 5 ދޫ ހަަމ ތަޅުދަނޑިއެއް ބޭނުންވާނެކަމަށާއި އެ ފަސްދުލަކީ ކޮންމެ ދުވަހަކު އަދާކުރަންޖެހޭ ފަރުޟް ފަސްނަމާދުކަމަށް ޢިލްމްވެރިން ބަޔާންކުރައްވަވަތެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން