އަނބިމީހާއަށް ގޭތެރެއިން އަނިޔާ ލިބެން ދޫކޮށްލުމަކީ ކައިވެނި މަރާލުން! އެއީ ކައިވެނި މަރުވާ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
އަނބިމީހާއަށް ގޭތެރެއިން އަނިޔާ ލިބެން ދޫކޮށްލުމަކީ ކައިވެނި މަރާލުން! އެއީ ކައިވެނި މަރުވާ ކަމެއް!

އަނބިމީހާއަށް ޙިމާޔަތާއި ރައްކައުތެރިކަން ފޯރުކޮށްދޭންޖެހޭނެ ކަމަށް ބުނީމާ ގިނަ މީހުން ވިސްނަނީ އެއީ ހިލޭފިރިހެނުންގެ ކިބައިން އަނބިމީހާ ސަލާމަތްކުރުން ކަމަށެވެ. އާނއެކެވެ. ހިލޭ ފިރިހެނުންގެ ކިބައިންވެސް އަނބިމީހާ ސަލާމަތްކޮށް ރައްކައުތެރިކަން ފޯރުކޮށްދޭންޖެހެއެވެ. އެކަމަކު އަހުރެންގެ ވިސްނުމުގައި ގޭތެރެއިން އަނބިމީހާއަށް އަނިޔާލިބޭނަމަ އެކަމުން އަނބިމީހާ ސަލާމަތްކޮށްދިނުމުގެ މުހިންމުކަން މާބޮޑެވެ.  

ސަބަބުވެސް ބުނެލާނަމެވެ. ހެޔޮލަފާ އަނބިންނަކީ އަބަދުހެން ގޭގައި ތިބޭ ބައެކެވެ. ވީމާ ގޭތެރެއިން މެދުނުކެނޑި އަނިޔާލިބެމުންދާނަމަ އަބަދުހެން އަނބިމީހާއަށް ހުންނާނީ އަނިޔާ ލިބިލިބިއެވެ. އެއީ އެއްވެސް މީހަކަށް އުފުލޭނެ ބުރައެއް ނޫނެވެ. ކެތްތެރިވެވޭނެވެސް ކަމެއް ނޫނެވެ.  

ވީމާ އަނބިމީހާއަށް އިޙްތިރާމްނުކުރާނަމަ އެކަމުގެ ދިފާޢުގައި ފިރިމީހާ ތެދުވަންވާނެއެވެ. އެއީ ފިރިމީހާ އަދާކުރަންޖެހޭނެ މަސްއޫލިއްޔަތެކެވެ. އެކަމުގައި ޢަދުލުވެރިވެ ޙައްޤުބަސްބުނަން ކެރެންވާނެއެވެ. އެކަމަށް ފަސްޖެހެންވީ ސަބަބެއް ނެތެވެ. ޤުރްއާނުގައި އޮތީ ޢަދުލުވެރިވުމުގައި ވަކިމީހަކަށް ނުބެލުމަށެވެ. މައިންބަފައިންނާއިމެދުވެސް ޢަދުލަށް ބަސްބުނުމަށެވެ.  

ފިރިމީހާ ހުންނަންވާނީ ވަކިމީހެއްގެ ފަހަތަކު ޏޫނެވެ. އެކަމަކު ޙައްޤުގެ ކުރީގައެވެ. ޙައްޤުގެ ކުރީގައި ހުރުމަކީ ޙައްޤަށް ބަސްބުނުމާއި ޙައްޤަށް ޢަމަލުކުރުމެވެ. ނޫންނަމަ ވާނީ ކައިވެނި މަރައިލިކަމަށެވެ. އެކަމަށް ފަހުން ހިތާމަކުރަން ނުޖެހިނުދާނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން