އިރުއެރީންސުރެ އިރުމެދުޖެހުމާދެމެދު ކުރަން އޮތީ އެއް ނަމާދެއް! އެނަމާދަށް ސަމާލުކަންދީފި މީހަކަށް ލައްވަވާ ރަޙުމަތް ބޮޑުތަނުން އިތުރުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
އިރުއެރީންސުރެ އިރުމެދުޖެހުމާދެމެދު ކުރަން އޮތީ އެއް ނަމާދެއް! އެނަމާދަށް ސަމާލުކަންދީފި މީހަކަށް ލައްވަވާ ރަޙުމަތް ބޮޑުތަނުން އިތުރުވާނެ!

ޟުޙާ ނަމާދާއި އިޝްރާޤު ނަމާދުގެ ތަފާތަކީ ކޮބާ؟ 

އިޝްރާޤު ނަމާދަކީ ވަޤުތުގެ އެންމެ ކުރީކޮޅު ކުރެވޭ ޟުޙާ ނަމާދެވެ. މިއީ ތަފާތު ދެ ނަމާދެއް ނޫނެވެ. 

ޟުޙާ ނަމާދުގެ ވަޤުތު ފެށެނީ ކޮންއިރަކު؟ 

ޟުޙާ ނަމާދުގެ ވަޤުތަކީ އިރު އެރީއްސުރެ މެންދުރު ނަމާދުގެ ކުޑަ އިރުކޮޅެއް ކުރިއާއި ހަމައަށެވެ.

އައްޝައިޚް އިބްނު ޢުޘައިމީން رحمه الله ވިދާޅުވެފައިވެއެވެ. "(ޟުޙާ ނަމާދުގެ ވަޤުތަކީ) އިރު އަރައި ފަނަރަ މިނެޓުން ފެށިގެން މެންދުރު ނަމާދުގެ ދިހަ މިނެޓް ކުރިއާއި ހަމައަށެވެ."

[الشرح الممتع 4 / 122] 

ޟުޙާ ނަމާދު ކުރުމަށް އެންމެ މަތިވެރި ވަޤުތަކީ ކޮބާ؟

ޟުޙާ ނަމާދުކުރުމަށް އެންމެ މޮޅުއިތުރުވެގެންވަނީ އިރުގެ ހޫނުކަން ގަދަވުމުންނެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.

((صَلَاةُ الْأَوَّابِينَ حِينَ تَرْمَضُ الْفِصَالُ)) [رواه مسلم (748)] 

މާނައީ: "ކިޔަމަންތެރިންގެ ނަމާދުވަނީ (އެބަހީ: ޟުޙާނަމާދުވަނީ) ހޫނުކަން ގަދަވެގަންނަ ވަޤުތެވެ." 

އޭގެ މުރާދަކީ ޅަޖަމަލުތަކަށް ބިންގަނޑުގެ ހޫނުކަން އިޙުސާސްވާ ގަޑިއެވެ. 

މިވަޤުތަކީ ދުވާލު ވަޤުތުގެ ހަތަރުބައިކުޅަ އެއްބައި ފާއިތުވުމުންކަމަށް ޢިލްމުވެރިން ކަނޑައަޅުއްވައެވެ. މާނައަކީ އިރުއެރީއްސުރެ މެންދުރު ނަމާދާއި ދެމެދުގައިވާ ވަޤުތު ދެބައިކޮށްލުމުން އަންނަ ވަޤުތެވެ.

ބައްލަވާ: المجموع للنووي (4 / 36)، والموسوعة الفقهية الكويتية (27 / 224)]

والله أعلم. 

- އަލްއަޚް ނަޡީމް ނިޡާމް

 

މިއަދު އޮންލައިން