އެކުވެރިންކަމުގައި އުޅޭއިރު އަނެކާގެ ސިއްރުތަކެއް އެނގޭނެއެވެ. ގިނަ ފަހަރު މިފެންނަނީ ދެމީހުންގެ މެދުގައި މައްސަލައެއް ޖެހި ރުޅިވެވޭތަނުން އަނެކާގެ ސިއްރުތައް ބޭޒާރުކުރެވޭތަނެވެ. އެއީ ފާފަވެރިވާނެކަމެކެވެ. އަދި އެއީ މުއުމިނުންގެ ކިބައިގައި ހުރެގެންވާނެ ސިފައެއްވެސް ނޫނެވެ. އެކަން ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ.
ﷲ ތަޢާލާ އަންގަވާފައިވަނީ މީސްތަކުންގެ ޢއިބުތައް ފޮރުވުމަށެވެ. އަދި އެއީ އެމީހެއްގެ އެފަދަ ކަމެއް ޤިޔާމަތްދުވަހު ފޮރުއްވަވައިދެއްވަވާނެ ކަމެއްކަންވެސް ވަނީ އަންގަވައިފައެވެ. ވީމާ މީހުންގެ ސއްރުތައް ބާޒާރުނުކުރާށެވެ!
ގުޅުންހުރި ލިޔުމެއް-:
މުއުމިނުންގެ ކިބައިގައި ހުންނަންޖެހޭ ފަސްވަނަ ސިފައެއްކަމުގައި އަންގަވާފައިވަނީ، އަމާނާތްތަކަށާއި ޢަހުދުތަކަށް ރައްކާތެރިވުމެވެ. އަހަރެމެންގެ ތެރެއިން ކޮންމެ މީހަކީވެސް ކޮންމެވެސް ސިފައެއްގައި އަމާނާތެއް ޙަވާލުވެފައިވާ މީހެކެވެ. އަމާނާތަކީ ހަމައެކަނި ތިބާގެ އަތަށް މީހަކު ރައްކާކުރަންދޭ ފައިސާއެއް އެކަންޏެއް ނޫނެވެ. އަމާނާތުގެ ވައްތަރުތައް ވަރަށްވެސް ގިނައެވެ.
އެންމެ މުހިއްމު އަމާނާތަކީ އަހަރެމެންނާ މާތް ﷲ ޙަވާލުކުރައްވާފައިވާ އެކަލާނގެ ފަރުޟުތަކެވެ. ފަރުޟު ފަސް ނަމާދާއި، ޒަކާތާއި ރޯދައާއި ޙައްޖެވެ. ދެވަނަ ވައްތަރަކީ އަޅުތަކުންނާއި ގުޅިފައިވާ ޙައްޤުތަކެވެ. އޭގެ ތެރޭގައި ވަޒީފާއެއްގައި އުޅޭނަމަ ވަޒީފާގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމާއި، މީސްތަކުންގެ މުދަލަށާއި ސިއްރުތަކަށް ރައްކާތެރިވުމަކީވެސް އަމާނާތެކެވެ. ރަސޫލާ z ޙަދީޘް ކުރައްވާފައިވެއެވެ. "މީހެއްގެ ގާތުގައި ސިއްރު ވާހަކައެއް ބުނެ އޭނާ އެމީހެއްގެ ގާތުން އެނބުރިލައިފިނަމަ، އެއީ އަމާނާތެކެވެ."[1] ފައުޅުކުރެވޭ ސިއްރެއްގެ ސަބަބުން ކިތައް ޢާއިލާ ރޫޅިފައިވޭ ހެއްޔެވެ؟ ކިތައް އެކުވެރިން ހަތުރުންނަށް ވެފައިވޭ ހެއްޔެވެ؟
- ޚުޠުބާއަކުން