ޒަކާތް ދެއްކުން ޙައްޤުވެ ނުދައްކާ މީހުންގެ އަތުން ޒަކާތްއަތުލުން މުސްލިމް ވެރިކަމަކަށް ވާޖިބުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ޒަކާތް ދެއްކުން ޙައްޤުވެ ނުދައްކާ މީހުންގެ އަތުން ޒަކާތްއަތުލުން މުސްލިމް ވެރިކަމަކަށް ވާޖިބުވާނެ!

މުދަލުޒަކާތަކީ ނުވަތަ ޒަކާތް ދެއްކުމަކީ އިޚިތިޔާރީ ކަމެއް ނޫނެވެ. އެއީ މުސްލިމުންގެ މައްޗަށް އޮތްވާޖިބެކެވެ. ނިޞާބް ހަމަވާ ކޮންމެ މީހަކުވެސް އަދާކުރަންޖެހޭ ވާޖިބެކެވެ. ﷲ ތަޢާލާއަށްޓަކައި އަދާކުރަންޖެހޭ ޙައްޤެކެވެ.  

އެޙައްޤު އަދާނުކުރާ މީހުންގެ އަތުން ޒަކާތްއަތުލުމަކީ މުސްލިމްވެރިކަމެއްގައި ދައުލަތުގެ މައްޗަށް އޮތް ވާޖިބެކެވެ. މުސްލިމުންގެ ފުރަތަމަ ޚަލީފާ، އަބޫބަކުރުގެފާނު ވަނީ އެވާޖިބު އަދާކުރައްވަވައި އުންމަތަށް އެކަން ދައްކަވައިދެއްވަވައިފައެވެ.

"މުއުމިނުންގެ ތިންވަނަ ސިފައެއްކަމުގައި އަންގަވާފައިވަނީ، ދީނުގެ ރުކުނެއްގެ ވާހަކައެވެ. އެ ރުކުނާމެދު ފަރުވާ ކުޑަކުރި މީހުންނާ ދެކޮޅަށް މި އުންމަތުގެ ފުރަތަމަ ޚަލީފާ އަބޫބަކުރުގެފާނު ހަނގުރާމަކުރެއްވި ރުކުން ކަމުގައިވާ މުދަލު ޒަކާތެވެ. ނިޞާބު ހަމަވެ، އަހަރެއްވުމުން އެ މުދަލުން ކަނޑައެޅިގެންވާ މިންވަރު، ޒަކާތުގެ ބެހެނިވެރިންނަށް ނެރުމަށް އަންގަވާފައިވެއެވެ."  

ހަމައެފަދައިން މުދަލުޒަކާތަށް ލިބޭ ފައިސާ ބަހަން އޮތްގޮތްވެސް ޤުރްއާނުން އެނގެން އެބައޮތެވެ. މުދަލުޒަކާތަށް ރައްކައުތެރިވެ ޤުރްއާނުގައި އޮތްމަގުން ބެހުމަކީވެސް މުސްލިމް ދައުލަތުގެ މައްޗަށް އޮތްވާޖިބެކެވެ. އެކަމުގައި ތެދުވެރިވެ އިޚްލާޞްތެރިވުން ހުއްޓެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން