ކުށް ޤަބޫލުނުކުރުމަކީ ފިނޑި އެންމެ ބޮޑެތި މަކަރުވެރިންގެ ސިފައެއް! އެކުގަ ދިރިއުޅެގެން ލިބޭނެ އުފަލެއް، ލުރިއެރުމެއް ނޯންނާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ކުށް ޤަބޫލުނުކުރުމަކީ ފިނޑި އެންމެ ބޮޑެތި މަކަރުވެރިންގެ ސިފައެއް! އެކުގަ ދިރިއުޅެގެން ލިބޭނެ އުފަލެއް، ލުރިއެރުމެއް ނޯންނާނެ!

ބައެއް މީހުން ބުނެއެވެ. "އަހުރެން އެއްވެސް ކުށެއް ނުކުރަމެވެ." އެހެން ބުނާއިރުވެސް މިބުނެވެނީ ތެދެއް ނޫންކަން އެމީހަކަށް ރަނގަޅަށް އެނގޭނެއެވެ. އެއްވެސް ކުށެއް ނުކުރެވޭ، އުނިސިފައެއް ނެތް ހަމައެކަކުވެސް ނުހުންނާނެތީއެވެ.  

ކަމުގެ އަޞްލަސް ބަލައިފިނަމަ ކުށެއް ކުރެވުމަކީ މައްސަލައެއް ނޫނެވެ. މައްސަލައަކަށްވާނީ ކުށް ތަކުރާރުކުރީމައެވެ. އެންމެ ބޮޑު ކުށަކީ ކުށަށް އިޢުތިރާފްވުމުގެ ބަދަލުގައި ދޮގުހަދައި އޮޅުވާލުމެވެ. ކުށްކުރެވުމުން އެކަން އަނެކާގެ ބޮލުގައި އެޅުވީމައެވެ.  

މިއަދުގެ ޙާލަތަށް ބަލައިފިނަމަ ދިރިއުޅުމުގެ ކަންކަމުގައި ދެމަފިރިންވެސް ހަމަހަމައެވެ. ވީމާ ކުރެވޭ ކުށަށް އިޢުތިރާފްވާން ނުކެރޭނަމަ އެއީ މީހެއް ނޫނެވެ. ފިނޑިއެކެވެ. މަކަރުވެރިއެކެވެ. އަދި އެކަމުން އަންގައިދެނީ ކުށްކުރުން އެމީހަކު ހުއްޓައިނުލާނެ ކަމެވެ. ޢަމަލުތައް އިޞްލާޙް ނުކުރާނެ ކަމެވެ. އެއީ އޮތް އެންމެ ބޮޑު ނުރައްކަލެވެ.  

ކުށަށް އިޢުތިރާފްނުވާ، ކުރާކުށުގެ ޒިންމާ އެހެންމީހުންގެ ބޮލުގައި އަޅުވާ ބައިވެރިއަކާއިއެކު ދިރިއުޅުން އަހުރެން ދެކޭނީ އަބަދު ޖަލެއްގައި ބަންދުވެގެން ހުރުން ކަމަށެވެ. އޭނާ އެބުނަނީ އޭނާ ހުރީ ރަނގަޅަށް ކަމެވެ. ކުށްވެރިއަކީ އަނެކާ ކަމެވެ. އެހިސާބުން ކުށްވެރިއަކަށްއެވަނީ އަނެކާއެވެ.  

ބައެއް ޢިލްމްވެރިން ކުށް ޤަބޫލުނުކުރާ މީހުންނާއިއެކު ދިރިއުޅުން ކުރިއަށް ނުގެންދެވޭނެކަމަށް އެވިދާޅުވަނީ މިފަދަ ސަބަބުތަކަށްޓަކައެވެ. އެކަމުން ލިބޭނެ އުފަލެއް އަދި ކުރިއެރުމެއްވެސް ނެތީމައެވެ.  

ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

 

- މިއަދުނޫސް

މިއަދު އޮންލައިން