އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، އަލްޙާފިޡާ އާމިނަތު ޢަބްދުލްޢަޒީޒާއި ބައްދަލުކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 39ސ
އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، އަލްޙާފިޡާ އާމިނަތު ޢަބްދުލްޢަޒީޒާއި ބައްދަލުކުރައްވައިފި

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ކީރިތި ޤުރުއާން ހިތުދަސްކުރައްވާ ޙާފިޡުކަމުގެ ސަނަދު ޙާސިލްކުރި، ޏ. ފުވައްމުލައް، ސަޓާނުގެ އުމުރުން 51 އަހަރު އަލްޙާފިޡާ އާމިނަތު ޢަބްދުލްޢަޒީޒްއާއި ބައްދަލުކުރައްވާ ހިތްވަރުދެއްވައިފިއެވެ.

މިއަދު އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ އަލްޙާފިޡާ އާމިނަތު ޢަބްދުލްޢަޒީޒް ހޯދެއްވި ކާމިޔާބީއަށް މަރުޙަބާ ދަންނަވާ ހިތްވަރު ދެއްވަވާފައެވެ. އަދި ކީރިތި ޤުރުއާނުގެ ރޮނގުން ކުރިއަށް ދިއުމަށް ވަޒީރު ވަނީ ނަސޭޙަތްތެރިވެލައްވާފައެވެ.

އަލްޙާފިޡާ އާމިނަތު ޢަބްދުލްޢަޒީޒް ޙާފިޡުކަމުގެ ސަނަދު ޙާސިލްކުރީ 18 މޭ 2026 ގައެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން