އެމްޓީސީސީ ޓެކްސީލައިނާ އަލަށް ގުޅުނު ޑްރައިވަރުން އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
ރޯޑް ސޭފްޓީ އެވެއާނެސް އެންޑް ޕްރިވެންޝަނާއި އެމްޓީސީސީ ގުޅިގެން މި ޖޫން މަހުގެ 3 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ސެޝަނަކީ އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ޑްރައިވަރުން އަހުލުވެރިކޮށް އެއްގަމު އުޅަނދު ދުއްވުމުގައި ސަމާލުކަންދޭންޖެހޭ ކަންކަން ބުނެދިނުމާއެކު މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަހުލުވެރިކުރުވުމަށް ކުރިއަށްގެންދިޔަ ސެޝަނެކެވެ.
މި ސެޝަނުގައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި އެ ގާނޫނުގައި އުޅަނދު ދުއްވުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކާއި އުޅަނދު ދުއްވާއިރު ސަމާލުކަންދޭންޖެހޭ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި މަގުމަތީގެ ގަވާއިދުތަކާއި އުޅަނދު ދުއްވާއިރު ޓްރެފިކް ނިޝާންތަކަށް ސަމާލުވުމަށާއި ދަތުރަށް ފެށުމުގެ ކުރިން ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތު ވެސް ހިއްސާކޮށްފައިވެއެވެ.
އޭގެއިތުރުން، އެކްސިޑެންޓުތަކާއި މަގުމަތީގައި ދިމާވާ އެކި މައްސަލަތައް ހައްލުކުރުމުގައި ޑްރައިވަރުންގެ ދައުރާ ގުޅޭގޮތުންނާއި އެފަދަ ހާލަތުގައި ޑްރައިވަރުންގެ އަމަލުތައް ބަހައްޓަންވީގޮތާ ގުޅޭގޮތުން ވެސް މައުލޫމާތު ދީފައިވެއެވެ މި ސެޝަނުގައި 22 ޑްރައިވަރުން ބައިވެރިވިއެވެ.
ހަބަރު: ސަރުކާރު