ތަނަވަސް ޒުވާނަކު ކުޅުނު ޓިކްޓޮކަކުން "މަތިން ފޭބިމީހާ" އަށް ވެވި ދުވަހަކުވެސް ހިލޭފިރިހެނަކާއެކު އެކަހެރިނުވާ ތަޤްވާވެރި އަންހެނަކާ ކައިވެނިކުރެވުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 5ސ
ތަނަވަސް ޒުވާނަކު ކުޅުނު ޓިކްޓޮކަކުން "މަތިން ފޭބިމީހާ" އަށް ވެވި ދުވަހަކުވެސް ހިލޭފިރިހެނަކާއެކު އެކަހެރިނުވާ ތަޤްވާވެރި އަންހެނަކާ ކައިވެނިކުރެވުނު ގޮތުގެ ވާހަކަ-

އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާ، އަނީސާއަކީ ވަރަށް ތަޤްވާވެރި އަންހެނެކެވެ. ގިނަ ބައަކު ނެތްތަނެއްގައި އަމިއްލަ ގޭގައިވެސް ހިލޭ ފިރިހެނުންނާއި ވާހަކައެއް ނުދައްކާނެއެވެ. އެފަދަ ފުރުޞަތެއްވެސް ނުދޭނެއެވެ. އެހެންވެ އަޅުގަނޑު އަނީސާއަށް ވަރަށް ފުރައްސާރަވެސް ކުރަމެވެ. ބުނަމެވެ. "ކައިވެނިކުރާނެ މީހަކު އުޑުން ފޮނުއްވަވަންދެން ހުންނާށެވެ!" އެހެން އެކުވެރިންވެސް މިފަދަ ބަސްތައް ބުނެއުޅެއެވެ. ޖަވާބުގައި ހިނިތުންވެލާނީއެވެ. އެއްވެސް ބަހެއް ނުބުނާނެއެވެ.  

ކޮލެޖުވެސް ނިމި ހުރިހާ އެކުވެރިން ކައިވެނިކުރިއިރުވެސް އަނީސާ ހަމަ އިނީއެވެ. އަހުރެމެން ބުނެއުޅޭ ގޮތަށްނަމަ "އުޑުން ފޮނުއްވަވާ" މީހެއްގެ އިންތިޒާރުގައެވެ.  

ހުކުރު ދުވަހެއްގެ ހަވީރެވެ. އަނީސާވެސް ހިމެނޭހެން ހައަކަ އެކުވެރިން ރަސްފަންނަށް ގޮސް އުޅުނު ދުވަހެކެވެ. ހަރު ޢުމުރުގެ މީހަކު ޒުވާނަކު ފުރޮޅުލީ ގޮނޑިއަކަށްލައިގެން ކޮއްޕަމުން އަންނަތަން ފެނުނީމާ ބުނީމެވެ. "އެއަންނަނީ އަނީސާއަށް އުޑުން ފޮނުވ" މީހާއެވެ. ބިންމައްޗަށް ވެއްޓުނުލެއް ބާރުކަމުން މައިބަދަ ބިދުނީމާ ފުރޮޅުލީ ގޮނޑިއެއްގަ އިނީއެވެ." އެހެން ބުނާއިރަށް އަނީސާ ބުނެފިއެވެ. "ތިއައީ ހަމަވެދާނެ ގޮތެކެވެ. މިބުނަނީ ހަމަ ތެދެކެވެ. އުނދަގޫތަކެއް އެބަވެއެވެ. އެޒުވާނާ ބުނެފިނަމަ އުފުލައިގެން ގެންގުޅެންޖެހުނަސް ކައިވެނިކުރަން ހިތް އެބަބުނެއެވެ."  

މިއީ މިފަދަ ވާހަކައަކަށް އަނީސާ ޖަވާބުދިން ފުރަތަމަ ފަހަރުކަމަށްވުމުން އެންމެންނަށްވެސް ޙައިރާންކަމެއް ލިބުނެވެ. އެކަމާ ޙައިރާންވެފައި ތިއްބައި އެމީހުން އައިސް އަރައިހަމަވުމުން އަހުރެން އެމީހުންނަށް ސަލާންގޮވީމެވެ. އަދި ޙާލު އަހައިލީމެވެ.  

އެމީހާ ސަލާމް ބަލައިގަތުމުން ޒުވާނާގެ ޙާލުގެ ވާހަކައިން ސުވާލުކުރީމެވެ. އެމީހާ ކިޔައިދިނެވެ. "އަހުރެމެންނަކީ ފަޤީރު ބައެކެވެ. ދަރިފުޅު އެކްސިޑެންޓެއްވީއެވެ. ނުހިނގޭތާ އަހަރުވެއްޖެއެވެ. ނުކުޅެދޭ މީހުންވެސް އުފާވެރިކަން ބޭނުންވާނެތީ ހުކުރު ދުވަސްދުވަހު ގޮބައިގެން އެކި ސަރަޙައްދުތަކަށް ދަމެވެ. މިއަދު މިތަނަށް އައުދެވުނީއެވެ."  

ދަރިފުޅު ކައިވެނިކޮށްފިތޯ ސުވާލުކުރުމުން ބުނީ ފަޤީރުއިރު މިފަދަ ޙާލެއް ޖެހުނީމާ މިޒަމާނުގައި ކައިވެނިކުރާނެ މީހަކު ނުވަނީ ކަމަށެވެ. އެހެން ބުނާއިރަށް އަނީށާ ބުނެފިއެވެ. "ދެބަފައިންނަކީ އަޚްލާޤް ރަނގަޅު ތަޤްވާވެރިންކަމަށްވާނަމަ ކައިވެނިކޮށްފާނަމެވެ. ހަމައެކަނި ޝަރުޠަކީ އަޚްލާޤް ރަނގަޅުވުމާއި ތަޤްވާވެރިވުމެވެ."  

އެމީހާ ވަރަށް ޙައިރާންވެހުރެ ބުންޏެވެ. "މިރޭ 8.30 އަށް އަހުރެމެން އުޅޭ ފްލެޓަށް ހުރިހާ ކުދިން އަންނާށެވެ. އެއީ އަހުރެންގެ ކޮއްކޮ އަހުރެމެން އުޅެން ކުއްޔަށް ހިފައިދީފައި ހުރި ތަނެކެވެ. އެހެން ބައަކު ނުއުޅޭނެއެވެ." އެހެންބުނެފައި ވަރަށް ހެޔޮދުޢާކޮށްފައި ދިއައީއެވެ.  

އަނީސާ ބޭނުންވީ ބުނެވުނު ބަހުގައި އިތުބާރުހިފަހައްޓާށެވެ. އެހެންވެ ބުނިގަޑިއަށް ގޮސް ރިންގކޮށްލާއިރަށް ތިރީތަޅު ހުޅުވައިފިއެވެ. ފްލެޓަށް ލިފްޓުން އެރުނުއިރު ހުރީ ދޮރުހުޅުވައިފައެވެ. އަހުރެމެން ފެންނައިރަށް ސަލާމް ގޮވައި އެތެރެއަށް ވައްދައިފިއެވެ.  

އެތަނުގައި ހުރި ފަރުނީޗަރާ ބޮޑުޓީވީއާ އެހެންވެސްތަކެތި ފެނުމުން އެއީ ފަޤީރުންކަމާއިމެދު ސުވާލު އުފެދުނެވެ. ނަމަވެސް ކޮއްކޮއަކު ކުއްޔަށްހިފައިދީފައި ހުރި ތަނެއްކަމަށް ބުނެފައި އޮތީމަ އެވާހަކަ ނުދައްކަމެވެ. އގުބޮޑު ސޯފާތަކުގައި އިށީނދެލިތަނުން ކާންބުނެފިއެވެ. ކާންތިބެގެން ޒުވާނާ އަނީސާގެ ވާހަކަތައް އޮޅުންފިލުވިއެވެ.  

އެއީ ވަރަށް މަޖާމިޒާޖުގެ ޒުވާނަކަށްވުމުން އަނިށާގެ ރަނގަޅުކަމާ ކައިވެނިނުކޮށް އިންނާތީ ދިމާކުރަން ދައްކައިއުޅުނު ވާހަކަތައްވެސް ކިޔައިދިނީމެވެ. އަދި ހަވީރު ކަންތައްވީގޮތްވެސް ކިޔައިދިނީމެވެ. ކައިނިމުމުން އަތްދޮވެގެން އަހުރެމެންގޮސް ސޯފާގައި އިށީންތަނުން ފެނުނީ މާވަރުގަދަ ކަމެކެވެ. ސިންކުކައިރިއަށް އަތްދޮންނަން ފުރޮޅުލީ ގޮނޑީގައި ދިއަ ޒުވާނާ.، އަތްދޮވެނިމިގެން ފުރޮޅުލީ ގޮނޑި ދޫކޮށްލާފައި އެހެރަ އަންނަނީ ހިނގާފައެވެ. ހެމުންނެވެ.  

ވީނުވީއެއް ނުވިސްނި ތިބެންފެށުމުން ޒުވާނާ ކިޔައި ދިނެވެ. "މިއީ އަހުރެންގެ ބައްޕައެއްވެސް ނޫނެވެ. ބައްޕަގެ އެކުވެރިއެކެވެ. ބައްޕަ ގާތުގައި މަސައްކަތްކުރާތާ ވަރަށް ދުވަސްވީ   މުވައްޒިފެކެވެ. އެއީ ބައެއް ދުވަސްދުވަހު މަޖަލަކަށް ކުރާ ކަމެކެވެ. ޓިކްޓޮކުން އެބާވަތުގެ ވާހަކަތައް ފެންނާތީ ޓިކްޓޮކްކުޅެން ކުރާކަމެކެވެ. މިއަދުގެ މަންޒަރުތައްވެސް ވާނީ ވީޑިއޯކުރެވިފައެވެ. އެކަމަކު އަހުރެންނަކީ ޓިކްޓޮކަށް ވީޑިއޯލާ މީހެއް ނޫނެވެ. ހަމައެކަނި ކުޅެނީއެވެ.  

އަނީސާއެވެ! މިއީ ބައްޕަގެ ގެއެކެވެ. މިފްލެޓަކީ އަހުރެން ދިރިއުޅެން ދީފައި ހުރި ފްލެޓެވެ. އަހުރެން މަސައްކަތްކުރަނީ ބައްޕައާއިއެކުގައެވެ. އެކަމަކު މިހާރު މިކުޅެނީ ޓިކްޓޮކެއް ނޫން އިނގޭއެވެ! އަހުރެން އަނީސާއާއި ގުޅެން ބޭނުމެވެ. އެކުވެރިން ސަމާސައަށް ނަމަވެސް އެބުނާ "އުޑުންފެއިބި" މީހާއަށްވާން ބޭނުމެވެ. ނުވެސއް އެނގިހުއްޓައި މިއޮތީ އެދަރަޖަ ލިބިފައިދޯއެވެ! އެހެންވީމާ ދެން އަހުރެންނަށް ކިޔަންވާނީ އުޑުން ފެއިބި މީހާއެވެ. މިއީ ދޫކޮށްލަން ހެޔޮވާނެ ނަމެއް ނޫނެވެ!" 

ހަފްތާއެއްހައި ދަވަސްތެރޭގައި އެދެމީހުން ވަނީ ކައިވެނިކޮށްފައެވެ. މިއީ މާކުރީގެ ވާހަކައެއް ނޫނެވެ. މީގެ ދެމަސްކުރިން ހިނގާފައިވާ ކަމެކެވެ. ކޮންފަދަ ރިވެތި ކައިވެންޏެއްތޯއެވެ؟ ބައިވެރިއަކު ހޯދަން ތެޅިނުފޮޅުނަސް ރަނގަޅު ބައިވެރިން ލިބޭކަން މިއޮތީ އެނގެން ނޫންތޯއެވެ؟ ހިލޭ ފިރިހެނަކާއެކު އެންމެފަހަރަކުވެސް އެކަހެރިނުވެ ކުރެވުނު ކިހައިކާމިޔާބު ކައިވެންޏެއްތޯއެވެ؟ ދުޢާއަކީ ކައިވެނީގައި ﷲ ބަރަކާތް ލެއްވެވުމެވެ. އާމީން  

ނިންމާލަމުންވެސް ސުވާލެއްކޮށްލާނަމެވެ! ސިފަވެސް ނުއެނގޭހައި ދުރުން އަނީސާއަށް އޭނާ ފެނުމުން އެހެން އެބުނެވުނީ ކީއްވެގެންތޯއެވެ؟ ހިތުގެ މިޞްރާތު އެހައިސީދާއެވީ ކިހައި ބޮޑު ރަޙްމަތަކުންތޯއެވެ؟ ޖަވާބުވެސް ބުނާނަމެވެ. އަނީށާގެ ތަޤްވާވެރިކަމެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް  

- ޢިބްރަތްތެރި ވާހަކަ

މިއަދު އޮންލައިން