މުވައްޒިފުން ދަރަނިވެރިވާން ޖެއްސުވުމަކީ ތިމާއަށް އެނިކަމެތިކަން ކުރިމަތިކުރައްވަވައިފާނެ ސަބަބެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
މުވައްޒިފުން ދަރަނިވެރިވާން ޖެއްސުވުމަކީ ތިމާއަށް އެނިކަމެތިކަން ކުރިމަތިކުރައްވަވައިފާނެ ސަބަބެއް!: މުފްތީ މެންކް

މުވައްޒިފުންނަށް މުސާރަ ދިނުމާއިބެހޭ ގޮތުން މިދައްކާ ވާހަކައިގައި އިތުރު ކަމެއްވެސް ފާހަގަކޮށްލާނަމެވެ. މުވައްޒިފުންނަށް ދޭ މުސާރައިން އެމީހުންގެ އަސާސީ ބޭނުންތައް ނުފުދި ދަރަނިވެރިވާން ޖައްސުވާނަމަ އެއީ އެމީހުންނަށް ދެވޭ ނިކަމެތިކަމެކެވެ. އެއްވެސް މީހަކަށް ނިކަމެތިކަން ދިނުމަކީ އެމީހަކަށް އެކަން ކުރިމަތިކުރައްވަވައިފާނެ ކަމެކެވެ.  

ރަނގަޅަށް ވިސްނާށެވެ! ތިބާގެ އެކައުންޓަށް ފައިސާގިނަވުމަކީ ތިބާއަށް އެއްވެސް މަންފާއެއް ކުރާނެ ކަމެއް ނޫނެވެ. ފައިދާކުރާނީ އެއިން އާޚިރަތަށް ގެންދެވުނު ވަރަކުންނެވެ. އެކައުންޓުގައި ކިތަންމެ ގިނަ ފައިސާއެއް ހުރިނަމަވެސް އެކަމަކުން އާޚިރަތް ދުވަހު އެއްވެސް ފައިދާއެއް ނުކުރާނެއެވެ. ތިބާ ދުނިޔެއާއި ވަކިވާއިރަށް އެއިގެ މިލްކުވެރިކަން ވާރުތަވާނީ ވާރުތަވެރިންނަށެވެ.

ވީމާ ވިސްނަންވީ އެކައުންޓުގައި ފައިސާ ގިނަކުރުމަކަށް ނޫނެވެ. ތިމާއަށް ﷲ ތަޢާލާ ދެއްވެވި ފައިސާއިން ވީހާ ގިނައިން އާޚިރަތަށް ގެންދިއުމަށެވެ. ވީމާ ތިމާ ހެޔޮކޮށް ހިތަންޖެހޭ މީހުންނަށް ހޭދަކުރަމުން ގެންދާށެވެ. އެއިރުން ތިބާގެ ހެޔޮ ޢަމަލުތަކުގެ ފަތަށްދާނީ ބަރުވަމުންނެވެ. އެކަމުގެ ސަބަބުން ތިބާއަށް ސުވަރުގެ ދެއްވަވާނެތެވެ. އިން ޝާ ﷲ  

އަހުރެން ދަންނަ މީހެކެވެ. އެއީ ތަނަވަސް މީހެކެވެ. ގެންގުޅޭ މުވައްޒިފުންނަށް ދެނީ ކުޑަކުޑަ މުސާރައެކެވެ. ކިތަންމެ ދަތިޙާލުގައި އުޅެންޖެހުނަސް، ކިތަންމެ ބޮޑުކަމެއް ކުރިމަތިވިނަމަވެސް އެހީތެރިއެއް ނުވެއެވެ.  

އޭނާގެ ޢުމުރުގެ ފަހުކޮޅުގެ އަހަރުތައް ހޭދަކުރަންޖެހުނީ މޮޔަ ނުވިނަމަވެސް މޮޔައެއްގެ ގޮތުގައެވެ. ކުރެވޭ ނުކުރެވޭ ކަމެއް ނުއެނގެއެވެ. މީރު އެއްޗެއް ކެވުނަސް އެކަމެއްވެސް ނުއެނގެއެވެ. ކިތަންމެ ރީތި ފޭރާމެއްލީނަމަވެސް އެކަމެއްވެސް ނުއެނގެއެވެ. އެހެންވެ އެއްވެސް ކަމަކުން އުފާވެރިކަމެއް ނުލިބެއެވެ. އަބަދުވެސް އިންނަނީ ވިސްނާށެވެ. އެންމެ ކުޑަމިނުން ވިސްނަނީ ކޮންކަމަކަށްކަމެއްވެސް ބުނެއެއް ނުދެވެއެވެ.  

ދެން ނިކަން ބުނެބަލާށެވެ. އޭނާ ޖަމާކުރި ފައިސާތަކުން ލިބުނީ ކޮން އެއްޗެއް ހެއްޔެވެ؟ ކޮން އުފާވެރިކަމެއް ހެއްޔެވެ؟ އާޚިރަތަށް ގެންދެވޭނީ ކޮން އެއްޗެއް ހެއްޔެވެ؟ ވީމާ މިހުރީ ޢިބްރަތް ލިބިގަންނަންޖެހޭ ކަންކަމެވެ.

 

- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން