"މާލެ ޓެކްސީ ލައިން" އެޕްލިކޭޝަން ގޫގުލް ޕްލޭ ސްޓޯރުން ޑައުންލޯޑް ކުރެވޭނެ އިންތިޒާމު އެމްޓީސީސީން ހަމަޖައްސައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 34ސ
"މާލެ ޓެކްސީ ލައިން" އެޕްލިކޭޝަން ގޫގުލް ޕްލޭ ސްޓޯރުން ޑައުންލޯޑް ކުރެވޭނެ އިންތިޒާމު އެމްޓީސީސީން ހަމަޖައްސައިފި

މާލެ ސަރަހައްދުގައި ޓެކްސީގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން އެމްޓީސީސީން ތަޢާރަފުކޮށްފައިވާ "މާލެ ޓެކްސީ ލައިން" އެޕްލިކޭޝަން، މިހާރު ގޫގުލް ޕްލޭ ސްޓޯރުން ޑައުންލޯޑް ކުރެވޭނެ އިންތިޒާމު އެ ކުންފުނިން ހަމަޖައްސައިފިއެވެ.

މި އެޕްލިކޭޝަން އެމްޓީސީސީން އެންމެ ފުރަތަމަ ތަޢާރަފުކުރި އިރު، ލިބެން ހުރީ ހަމައެކަނި އެޕަލްގެ އެޕްސްޓޯރުގައި އައިއޯއެސް އެޕަލް ބްރޭންޑުގެ ފޯނުތަކަށް އެކަންޏެވެ.

މި އެޕްލިކޭޝަނަކީ ގްރޭޓަރ މާލެ ސަރަހައްދުގައި ދަތުރުކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު ޓެކްސީ ބުކްކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ތައާރަފުކުރި ޚިދުމަތެކެވެ.

މިއަދު އޮންލައިން