ސަބްސްކްރިޕްޝަން ޕޭމަންޓުތައް ޑޮލަރު ލިމިޓުން އިސްތިސްނާވާނެ ކަމަށް ބީއެމްއެލްއިން ބުނެފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
ސަބްސްކްރިޕްޝަން ޕޭމަންޓުތައް ޑޮލަރު ލިމިޓުން އިސްތިސްނާވާނެ ކަމަށް ބީއެމްއެލްއިން ބުނެފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ރުފިޔާ ކާޑުތަކުން ރާއްޖޭން ބޭރުގެ އީކޮމާސް ވެބްސައިޓްތަކަށް ފައިސާ ދެއްކޭ އަދަދު ލިމިޓްކޮށްފައި ވީނަމަވެސް، އާންމުކޮށް ބޭނުންކުރާ ޚިދުމަތްތަކުގެ ސަބްސްކްރިޕްޝަން ޕޭމަންޓުތައް އެ ލިމިޓްގެ ތެރޭގައި ނުހިމެނޭނެ ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ތާށިކަމާ ގުޅިގެން ބީއެމްއެލްއިން ވަނީ ބޭރުގެ ބައެއް އީކޮމާސް ސައިޓުތަކުން ކޮންމެ މީހަކަށް މަހަކު ކުރެވޭ މުއާމަލާތްތަކުގެ އަދަދު 30 އަށް ލިމިޓްކޮށް، މުޅި ރާއްޖެއަށް ދުވަހު ލިމިޓެއް ކަނޑައަޅާފައެވެ. މި ފިޔަވަޅާއެކު، އެކި ބާވަތުގެ ސަބްސްކްރިޕްޝަންތަކަށް ފައިސާ ނުދެއްކިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިކަމާ ގުޅިގެން ބީއެމްއެލްއިން މިއަދު 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، ސަބްސްކްރިޕްޝަން ޕޭމަންޓުތައް 'ޑެއިލީ ފޮރިން ސްޕެންޑް' ލިމިޓްގައި ނުހިމެނޭނެ ކަމަށެވެ. އަދި އެފަދަ ޕޭމަންޓުތައް ބޭންކުން މަނާކޮށްފައި ނުވާނެ ކަމުގެ ޔަގީންކަންވެސް ވަނީ ދީފައެވެ.

ނަމަވެސް، އެކި ސަބަބުތަކާ ހުރެ ބައެއް ކަސްޓަމަރުންގެ ސަބްސްކްރިޕްޝަން ޕޭމަންޓުތައް މާޗަންޓުން (ޚިދުމަތްދޭ ފަރާތްތަކުން) ޑިކްލައިންކޮށްފައިވާ މައްސަލަ ފާހަގަވެފައިވާ ކަމަށް ބޭންކުން ބުންޏެވެ.

ބީއެމްއެލްއިން އިތުރަށް ވިދާޅުވީ، މިފަދަ މައްސަލަތައް ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި އެއްވެސް ކަސްޓަމަރެއްގެ ސަބްސްކްރިޕްޝަން ޕޭމަންޓެއް ޑިކްލައިންވެއްޖެ ނަމަ، ލަސްނުކޮށް ބޭންކަށް ގުޅައި އެކަން އެންގުމަށް ބީއެމްއެލްއިން ވަނީ އިލްތިމާސްކޮށްފައެވެ.

މިއަދު އޮންލައިން