ރާއްޖެ ފެހިކުރުމުގެ މަސައްކަތަކީ ކޮންމެ ދިވެހި ރައްޔިތެއްގެވެސް ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކިގެން ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސްކުރެއްވީ، ދައުލަތުގެ މީޑިއާއިން ވަކި ޚާއްސަ ދާއިރާއަކަށް އަމާޒުކޮށްގެން ގެނެސްދޭ "ދަ ޕަލްސް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ މާޙައުލީ ނިޒާމު ރައްކާތެރިކުރުމަށާއި ފެހިކަން އިތުރުކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
ޚާއްސަކޮށް، ސަރުކާރުން އިސްނަގައިގެން ފަށްޓަވާފައިވާ 5 މިލިޔަން ގަސް އިންދުމުގެ ބިޔަ މަޝްރޫޢުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް ރައީސް ގޮވާލެއްވިއެވެ. ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި، މާޙައުލީ ނިޒާމު ދެމެހެއްޓުމަށްޓަކައި މި ޕްރޮގްރާމުގެ ދަށުން މިއަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަސް އިންދުމުގެ ޚާއްސަ ހަރަކާތްތަކެއް ހިންގުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
މި މަސައްކަތުގައި ޒުވާނުންގެ ދައުރު ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، "އަޅުގަނޑު ދިވެހި ލޮބުވެތި ހުރިހާ ރައްޔިތުންނަށް، ޒުވާނުންނަށް ހުރިހާ ބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން އެންމެންގެ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކިގެން ރާއްޖެ ފެހިކުރުމުގެ މަސައްކަތް ކުރަމާ ހިނގާށޭ. 5 މިލިޔަން ގަސްއިންދުމުގެ ޕްރޮގްރާމުގައި އަޅުގަނޑުމެން ކޮންމެ ބޭފުޅަކުވެ