އެދެމީހުން ކޮލެޖުގައި އުޅުނީ ދެލޯބިވެރިންގެ ގޮތުގައެވެ. ކޮލެޖު ނިމުމުން އަންހެންކުއްޖާގެ ބައްޕަ ދަރިފުޅު އެހެން ސްޓޭޓަކަށް ގެންދިއުމުން ދެމީހުން ބައްދަލެއް ނުވެއެވެ. ފޯނުންވެސް ވާހަކައެއް ނުދެއްކެއެވެ. އެއީ ފިރިހެން ކުއްޖާއަކީ ފަޤީރަކަށްވުމުންނެވެ.
10 އަހަރު ފަހެވެ. އެންމެ އަގުބޮޑު ކާރެއްގައި ގޮސް ކާރު މަޑުކޮށް ކާރުން ފައިބައި ޒުވާނާ އޭނާގެ ލޯބިވެރިޔާގެ ކުރިމައްޗަށް އެރުމުން ލޯބިވެރިޔާ ދިއައީ ސިއްސައިގެންނެވެ. ބާރަށް ދެމީހުން ބައްދާލައި ގެއަށް ވެއްދިއެވެ.
ޒުވާނާ ބުންޏެވެ. "10 އަހަރުވީއެވެ. އެއްވެސް އަންހެނެއްގެ ގައިގައި ބީހިވެސް ނުލަމެވެ. އެކަމަށް އަހުރެންގެ މުވައްޒިފުން ހެކިވާނެއެވެ." އެެހން ބުނެފައި ބަލައިލިއިރު ލޯބިވެރިޔާގެ އިނގިލީގައި ކައިވެނީގެ އަނގޮޓިއެއް އޮތެވެ.
އަނގޮޓި ފެނިފައި ކައިވެނިކުރީތޯ ސުވާލުކުރުމުން ބުންޏެވެ. "އަނގޮޓިއަކީ ކައިވެނިހެއްޔެވެ؟ އަނގޮޓޮި އަޅައިގެން އުޅެނީ ފިރިހެނުންގެ ކިބައިން ސަލާމަތްވެ ހުރުމަށެވެ. އަހުރެންގެ ގައިގައި ފިރިހެނަކު އެނިޔަތުގައި ނުބީހޭކަމަށް ކަލާނގެ ހެކިވެވޮޑިގަންނަވާނެއެވެ."
އަނހެންކުއްޖާއާއި މައިންބަފައިންގެ ދަޢުވަތަށް އެގޭގައި މަޑުކޮށް ދެމީހުން ކައިވެނިކުރީއެވެ.
ނިކަން ބުނެބަލާށެވެ! ޙަޤީޤީ ލޯބިވެރިންނަކީ މިއީ ނޫން ހެއްޔެވެ؟ ލޯބިވަމެވެ ކިޔައިގެން އަހުރެމެންނަށް މިއުލެވެނީ ކޮން ގޮތަކަށް ހެއްޔެވެ؟
- މިއަދުނޫހުގެ ކިޔުންތެރިއެއް