ވޭތުވެދިޔަ ހަފުތާގައި ޞިއްޙީ އަވަސް ފަރުވާ ބޭނުންވި 84 މީހަކު އެމްއެންޑީއެފް ކޯސްޓްގާޑުން އުފުލައިދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 28ސ
ވޭތުވެދިޔަ ހަފުތާގައި ޞިއްޙީ އަވަސް ފަރުވާ ބޭނުންވި 84 މީހަކު އެމްއެންޑީއެފް ކޯސްޓްގާޑުން އުފުލައިދީފި

ވޭތުވެދިޔަ ހަފުތާގެ ތެރޭގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުން ޞިއްޙީ އަވަސް ފަރުވާ ބޭނުންވި 84 މީހަކު، އެމްއެންޑީއެފް ކޯސްޓްގާޑުގެ އެހީތެރިކަމާއެކު އެއް ރަށުން އަނެއް ރަށަށް އުފުލައިދީފިއެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިމާވާ ޞިއްޙީ ކުއްލި ޙާލަތްތަކުގައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކޯސްޓްގާޑުން ކުރިއަށްގެންދާ މެޑިކަލް އިވެކުއޭޝަން އޮޕަރޭޝަންތަކުގެ ތެރެއިން ކުރެވުނު މަސައްކަތްތަކެކެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުން ހާމަކުރައްވާފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ ހަތް ދުވަހުގެ ތެރޭގައި އެންމެ ގިނަ މެޑިކަލް އިވެކުއޭޝަންތައް ކުރިއަށް ގެންގޮސްފައިވަނީ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިންނެވެ. އެގޮތުން އެ ސްކޮޑްރަންއިން އެކަނިވެސް 54 މީހަކު ވަނީ އެއް ރަށުން އަނެއް ރަށަށް ޞިއްޙީ ފަރުވާއަށް އުފުލައިދީފައެވެ.

މީގެ އިތުރުން، ސެކަންޑް ސްކޮޑްރަންއިން 10 އިވެކުއޭޝަން ފުރިހަމަކޮށްފައިވާއިރު، ތަރޑް ސްކޮޑްރަންއިން ވަނީ 16 އިވެކުއޭޝަން ކުރިއަށް ގެންގޮސްފައެވެ. އަދި ފޯތު ސްކޮޑްރަންއިން 4 މެޑިކަލް އިވެކުއޭޝަން ފުރިހަމަކޮށްފައިވާ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއެވެ.

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ދެއްވާ އިސްކަމުގެ ދަށުން، ކަނޑުމަގުންނާއި ވައިގެ މަގުން ބަލިމީހުން އުފުލުމުގެ ޚިދުމަތް އެމްއެންޑީއެފުން އަންނަނީ މެދުކެނޑުމެއްނެތި ފޯރުކޮށްދެމުންނެވެ. މިފަދަ އޮޕަރޭޝަންތަކަކީ އަތޮޅުތެރޭގެ ރަށްރަށުގައި ތިބޭ ބަލިމީހުންނަށް، އެކަށީގެންވާ ފަރުވާ ލިބޭނެ މަރުކަޒުތަކަށް އަވަހަށް ވާޞިލުވުމަށް އެހީތެރިވެދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މުހިންމު ޚިދުމަތެކެވެ.

މިއަދު އޮންލައިން