ޒަވާޖީޙަޔާތުގަ ދިރިއުޅެންޖެހުނީ ބައިވެރިޔާގެ ގޭގަނަމަ އެގެއަށް ވަންނަ ވަޤުތުން ފެށިގެން ޢަމަލުކުރަންޖެހޭނެ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ޒަވާޖީޙަޔާތުގަ ދިރިއުޅެންޖެހުނީ ބައިވެރިޔާގެ
ގޭގަނަމަ އެގެއަށް ވަންނަ ވަޤުތުން ފެށިގެން ޢަމަލުކުރަންޖެހޭނެ ބައެއް ކަންކަން-


ކައިވެނިކޮށްގެން ދިރިއުޅެން އަނެކާގެ ގެއަށްދާން

ޖެހިއްޖެނަމަ ފުރަތަމަ ކަމަކަށްވެސް ވިސްނަންޖެހޭނެ އެއްކަމަކީ މިދެވެނީ ތަފާތު ބައެއްގެ ތެރެއަށްކަމާއި އަމިއްލަ ޢާއިލާ އާއި ތަފާތު ކަންތައްތަކެއް ހުންނާނެ ކަމެވެ.  

އެއިގެ ތެރޭގައި ހުންނާނީ ހަމައެކަނި ނުބައި ކަންތައްތަކެއް ނޫނެވެ. ރަނގަޅު ކަންތައްތަކެއްވެސް ހުންނާނެއެވެ. ވީމާ ރަނގަޅު ކަންތައްތައް ބަލައިގަންނާށެވެ. ނުބައި ކަންތައްތަކަށް އަޅައިވެސްނުލައި ދުރުހެލިވާށެވެ.

މިސާލަކަށް އެގެއަކީ ވަރަށް ގިނައިން މީހުންގެ ޥާހަކަދައްކާ ގެއަކަށްވެދާނެއެވެ. ތާސްކުޅޭ ގެއަކަށްވެސް ވެދާނެއެވެ. ފިލްމާއި ސީރީޒްބަލާގެއަކަށްވެސް ވެދާނެއެވެ. އަދި މިކަންކަމަކީ ތިބާގެ ގޭގައި ނެތް ކަންތައްތަކަށްވެސް ވެދާނެއެވެ. ކޮންމެ ގޮތެއްވިޔަސް މިއީ ރަނގަޅު ކަންތައްތަކެއް ނޫނެވެ. ވީމާ ފުރަތަމަ ދުވަހުވެސް އެކަންކަމަށް ދުރުހެލިވާށެވެ. އެއިރުން ތިބާއަކީ އެކަންކަމުގައި ބައިވެރިނުވާނެ މީހަކުކަން އެނގޭނެއެވެ.

ހަމައެއާއިއެކު އެކަންކަމަށް ފިރިމީހާ ގާތުގައި ޝަކުވާ ނުކުރާށެވެ. ސަބަބަކީ އެފަދަ ކަންކަމަކީ އެއީ ފިރިމީހާގެ އަމިއްލަ (އެކަނި) ކަމަށްނުވާނަމަ ފިރިމީހާއަށްވެސް ބާރުފޯރުވޭނެ ކަންކަމެއް ނޫނެވެ.

އަދިވެސް އެއްކަމެއް ފާހަގަކޮށްލާނަމެވެ. ފިރިމީހާގެ ކިބައިގައި ހަރުލާފައި ހުންނަ ނުރަނގަޅު ސިފަތަކުގެ ވާހަކަ އޭނާގެ ޢާއިލާގެ މީހުންގެ ގާތުގައި ދައްކައި ޝަކުވާނުކުރާށެވެ! ސަބަބަކީ އެޢާދަތައް އޭނާގެ ކިބައިގައި ހަރުލާފައި އެހުރީ އެއާދަތަކަކީ މައްސަލައަކަށް އޭނާގެ ޢާއިލާއަށް ނުވާތީއެވެ. އެޙާލަތުގައި ޝަކުވާ ކުރުމުން އެޢާއިލާއިން ނަފްރަތުކުރާނީ ތިބާއަށެވެ.

--އުސްތާޛާ ހީނާ ޚާން-މުޚްތާރު

މިއަދު އޮންލައިން