ތިމާގެ މައްޗަށް ކަށުނަމާދުކުރެވި ދުޢާކުރަންޖެހުމުގެ ކުރިން އެންމެ ކުޑަމިނުން މިވަރަށް ނަމަވެސް ދުޢާ އާ މާނަ ދަސްކޮށްލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 7މ 28ސ
ތިމާގެ މައްޗަށް ކަށުނަމާދުކުރެވި ދުޢާކުރަންޖެހުމުގެ ކުރިން އެންމެ ކުޑަމިނުން މިވަރަށް ނަމަވެސް ދުޢާ އާ މާނަ ދަސްކޮށްލާށެވެ!

އަޅުގަނޑޫމެން ކޮންމެ މީހަކުވެސް ޤަބޫލުކުރަންވީ ހަމަ މިއަދުވެސް ތިމާ މަރުވެދާނެކަމެވެ. މަރުވުމުން ތިމާގެ މައްޗަށް ކޮންމެވެސް ބަޔަކު ކަށުނަމާދުކުރާނެކަމެވެ. އަދި ވީހާ ގިނަބައަކު ކަށުނަމާދުގައި ބައިވެރިވެ ދުޢާކޮށްދިނުމަށް އެދެވޭނެއެވެ. އަހުރެންގެ ސުވާލަކީ ތިބާ އެބަ ޖަނާޒާތަކުގައި ބައިވެރިވަމުހެއްޔެވެ؟ މައްޔިތުންނަށްޓަކާ ދުޢާކޮށްދެމު ހެއްޔެވެ؟  

ކަށުނަމާދުގައި ކުރަންވީ ދުޢާ އެނގެނީ މަދުމީހެކަށެވެ. އެއީ ވަރަށް ހިތާމަހުރިކަމެކެވެ. ތިމާގެ މައްޗަށް ކަށުނަމާދުކުރެވޭނީ ކޮންވަގުިތަކުކަމެއް ނުއެނގޭނެއެވެ. ތިމާގެ މައްޗަށް ދުޢާކުރަންޖެހޭ ވަގުތު އައުމުން އެންމެ ހެޔޮ ދުޢާ ތިބާގެ މައްޗަށް ކުރެވުމަށް ތިބާ އެދޭނެއެވެ. އެހެންކަމަށްވާއިރު ތިބާއަކީވެސް މައްޔިތުންގެ މައްޗަށް ހަމައެފަދައިން ދުޢާކުރާ މީހަކުކަމުގައިވާންޖެހޭ ނޫންހެއްޔެވެ؟   

قَالَ عَوْفُ بْنُ مَالِكٍ رَضِيَ اللَّهُ عَنْهُ: «صَلَّى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى جَنَازَةٍ، فَحَفِظْتُ مِنْ دُعَائِهِ وَهُوَ يَقُولُ:

اللَّهُمَّ اغْفِرْ لَهُ وَارْحَمْهُ، وَعَافِهِ، وَاعْفُ عَنْهُ.

وَأَكْرِمْ نُزُلَهُ، وَوَسِّعْ مُدْخَلَهُ، وَاغْسِلْهُ بِالْمَاءِ وَالثَّلْجِ وَالْبَرَدِ.

وَنَقِّهِ مِنَ الْخَطَايَا كَمَا نَقَّيْتَ الثَّوْبَ الْأَبْيَضَ مِنَ الدَّنَسِ.

وَأَبْدِلْهُ دَارًا خَيْرًا مِنْ دَارِهِ، وَأَهْلًا خَيْرًا مِنْ أَهْلِهِ، وَزَوْجًا خَيْرًا مِنْ زَوْجِهِ.

وَأَدْخِلْهُ الْجَنَّةَ، وَأَعِذْهُ مِنْ عَذَابِ الْقَبْرِ، وَمِنْ عَذَابِ النَّارِ».

[رَوَاهُ  مُسْلِمٌ] 

ޢައުފު ބުން މާލިކް رضي الله عنه ވިދާޅުވިއެވެ. "ތިމަންކަލޭގެފާނު، ނަބިއްޔާ صلى الله عليه وسلم އަރިހުގައި ޖަނާޒާ ނަމާދެއްގައި ބައިވެރިވެ ވަޑައިގަތީމެވެ. އެކަލޭފާނު ޖަނާޒާގައި ވިދާޅުވި ދުޢާ ތިމަންކަލޭގެފާނު ހިތުދަސްފުޅު ކުރެއްވީމެވެ. އެކަލޭގެފާނު މިފަދައިން ވިދާޅުވިއެވެ. 

اللَّهُمَّ اغْفِرْ لَهُ وَارْحَمْهُ، وَعَافِهِ، وَاعْفُ عَنْهُ.

وَأَكْرِمْ نُزُلَهُ، وَوَسِّعْ مُدْخَلَهُ، وَاغْسِلْهُ بِالْمَاءِ وَالثَّلْجِ وَالْبَرَدِ.

وَنَقِّهِ مِنَ الْخَطَايَا كَمَا نَقَّيْتَ الثَّوْبَ الْأَبْيَضَ مِنَ الدَّنَسِ.

وَأَبْدِلْهُ دَارًا خَيْرًا مِنْ دَارِهِ، وَأَهْلًا خَيْرًا مِنْ أَهْلِهِ، وَزَوْجًا خَيْرًا مِنْ زَوْجِهِ.

وَأَدْخِلْهُ الْجَنَّةَ، وَأَعِذْهُ مِنْ عَذَابِ الْقَبْرِ، وَمِنْ عَذَابِ النَّارِ. 

"އޭ ﷲ! އޭނާއަށް ފާފަފުއްސަވާ، ރަޙުމަތް ލައްވާނދޭވެ! އަދި އޭނާއަށް ޢާފިޔަތު ދެއްވައި ޢަފޫ ކޮށްދެއްވާނދޭވެ!

އަދި އޭނާގެ މެހްމާންދާރީ މާތްކޮށްދެއްވާނދޭވެ! އަދި އޭނާގެ ވެއްދެވޭ ތަން (އެބަހީ : ކަށްވަޅު) ތަނަވަސްކޮށްދެއްވާނދޭވެ! އަދި ފެނުންނާއި، ސުނޯއިންނާ  އަދި ގަނޑުފެނުން އޭނާ ދޮވެދެއްވާނދޭވެ!

އަދި ހުދު ފޭރާން ހަޑި މިލައިން ސާފު ކޮށްދެއްވި ފަދައިން ފާފަތަކުން އޭނާ ސާފު ކޮށްދެއްވާނދޭވެ!

އަދި އޭނާގެ ގޯއްޗައް ވުރެ ހެޔޮ ގޯއްޗަކަށް އޭނާއަށް ބަދަލުކޮށްދެއްވާނދޭވެ! އަދި އޭނާގެ އަނބިމީހާއަށް ވުރެ ހެޔޮ އަނތްބެއްގެ ގާތަށް އޭނާ ބަދަލު ކޮށްދެއްވާފާނދޭވެ! އަދި އޭނާގެ އަހުލުވެރިންނަށް ވުރެ ހެޔޮ އަހުލުވެރިންގެ ގާތަށް އޭނާ ބަދަލު ކޮށްދެއްވާފާނދޭވެ!

އަދި އޭނާ ސުވަރުގެއަށް ވައްދަވާފާނދޭވެ! އަދި ކަށްވަޅުގެ އަޛާބުންނާއި ނަރަކައިގެ އަޛާބުން އޭނާ ރައްކާތެރި ކޮށްދެއްވާނދޭވެ! 

[ރިވާކުރެއްވީ އިމާމް މުސްލިމް رحمه الله]

___________________________________

الأذكار والآداب – ޝައިޙް ޢަބްދުލް މުޙްސިން ބުން މުޙައްމަދު އަލްޤާސިމް حفظه الله  –

 

- އައްޝައިޚް ޙުސައިން ޠާރިޤް  

 

 

މިއަދު އޮންލައިން