ފުލުހުންގެ އައު ތަރުޖަމާނަކަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢާރިފް އައްޔަންކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
ފުލުހުންގެ އައު ތަރުޖަމާނަކަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢާރިފް އައްޔަންކޮށްފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ ރަސްމީ ތަރުޖަމާނުގެ މަޤާމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢާރިފް މިއަދު އައްޔަންކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއްވި ގޮތުގައި، މިއަދުން ފެށިގެން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢާރިފް ރަސްމީ ތަރުޖަމާނުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގަތީ، މީގެ ކުރިން އެ މަގާމު ފުރުއްވަމުން ގެންދެވި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާނުގެ ބަދަލުގައެވެ.

މި ގެނެވުނު ބަދަލާއެކު، މީޑިއާތަކަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމާއި، މުއައްސަސާގެ ފަރާތުން އާންމުންނާ ކުރާ މުއާމަލާތްތަކުގައި އެންމެ އިސްކޮށް ދެން ހަރަކާތްތެރިވާނީ ސުޕްރިންޓެންޑެންޓް ޢާރިފު ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ހާމަކުރައްވާފައެވެ.

މީގެ ކުރިން ތަރުޖަމާނުގެ މަޤާމުގައި ހުންނެވި އޭސީޕީ އަޙްމަދު ޝިފާނަކީ ފުލުހުންގެ މުއައްސަސާގެ މައުލޫމާތުތައް މީޑިއާތަކަށް ފޯރުކޮށްދިނުމުގައި ގިނަ ދުވަސްތަކެއް ވަންދެން އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އައު ތަރުޖަމާނު އައްޔަންކުރެއްވުމަކީ ފުލުހުންގެ ޚިދުމަތުގެ ހިންގުން ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ގެނެވުނު ބަދަލެއް ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން