ލޯބިވެރިޔާއަށް ނުވަތަ ބައިވެރިޔާއަށް ނަމަވެސް އެއްވެސް ދެރައެއް ދިނުމަކީ އެމީހަކު އެންމެ ހިތްދަތިވާނެ ކަމަކާ ކުރިމަތިލާންޖެހޭނެ ކަމެއް! ކުރަންޖެހޭ ހިތާމަ މާބޮޑުވެސްވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ލޯބިވެރިޔާއަށް ނުވަތަ ބައިވެރިޔާއަށް ނަމަވެސް
އެއްވެސް ދެރައެއް ދިނުމަކީ އެމީހަކު އެންމެ ހިތްދަތިވާނެ ކަމަކާ
ކުރިމަތިލާންޖެހޭނެ ކަމެއް! ކުރަންޖެހޭ ހިތާމަ މާބޮޑުވެސްވާނެ!


ޙަޔާތުގެ ބައިވެރިޔާ ގެއްލެން ނުވަތަ ވަކިވާން ދިމާވިޔަސް އަދި ވަޒީފާ ގެއްލުނަސް އެންމެ ފުރަތަމަކަމަކަށްވެސް ގިނަ މީހުންނަށް ކުށްވެރިކުރެވެނީ ކޮންމެވެސް މީހެކެވެ. ނަމަވެސް އެއީ އަދި މުޅިން ރަނގަޅު ވިސްނުމެއް ނޫނެވެ.

ދުނިޔޭގައި މިހައިތަނަށް ކުރެވިފައިވާ ދިރާސާތަކަށްބަލާއިރު ޢާންމުގޮތެއްގައި މިބުނި ފަދަ މައްސަލަތައް ކުރިމަތިވާ މީހުންގެ 80 އިންސައްތަ މީހުންނަށް އެފަދަ ޙާލަތުތައް ކުރިމަތިވެފައި އޮންނަނީ އެމީހެއްގެ އިހްމާލުންނެވެ. ނުވަތަ އެމީހަކަށް ކުރެވޭ ކުށަކުންނެވެ.  

މިހެން ބުނުމުން ބައެއް މީހުންނަށް އެކަން ޤަބޫލުކުރަން އުނދަގޫވެދާނެއެވެ. މިޘާލަކަށް ވަޒީފާގައި ތިމާ ތެދުވެރިވިން ކަމަށް ބުނެފާނެއެވެ. މިޙާލަތުގައި ބަލަންޖެހޭނީ ހަމައެކަނި ވަޒީފާއަކަށް ނޫނެވެ. އެއްވެސް މީހަކަށް ޚިޔާނާތްތެރިވެފައިވާނެ ކަމާއިމެދުވެސް ވިސްނާލަންވާނެއެވެ.

ހަމައެފަދައިން ތިބާއަކީ ބައިވެރިޔާއަށް ވަފާތެރި މީހަކު ކަމަށްވެސް ވެދާނެއެވެ. އެހެންކަމަށްވާނަމަ ވިސްނާލަން ޖެހޭނެ ކަމަކީ ލޯބިވެގެން ނުވަތަ އެނޫންވެސް އެފަދަ ގުޅުމެއްގެ ތެރެއިން އެއްވެސް މީހަކަށް އެއްވެސް ދެރައެއް ދީފައިވާނެތޯއެވެ.  

މިފަދަ ކޮންމެ ގޮތަކުން ތިމާއަށް ކުށެއް ކުރެވިފައިވީނަމަވެސް އެކަމުގެ ޝަޒާ އެމީހަކަށް ލިބުމަކީ ނުވާނެ ކަމެއްކަމަށް ދެކެގެން ނުވާނެއެވެ. އަދި ވަރަށް ގިނަ ފަހަރު ދެރަވެ ހިތާމަކުރަންޖެހޭފަދަ ކަންކަން މެދުވެރިވަނީ އެމީހަކަށް އެންމެ ހިތްދަތިވާނެ ގޮތަށެވެ. ހިތްދަތިކަން އެންމެ ބޮޑުވާނެ ވަޤުތުތަކުގައެވެ.  

ވީމާ އަހުރެންގެ އިލްތިމާސަކީ އަބަދުވެސް ތެދުވެރިވުމެވެ. އިޚްލާޞްތެރިކަން އިތުރުކުރުމެވެ. އިޚްލާޞްތެރި އަޅުންދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވައެވެ. ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބިއްޖެނަމަ އެއްވެސް މީހަކަށް މިދުނިޔޭގައިވެސް ކަރުނައަޅާކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން