އަނބިމީހާގެ މުސާރައިން ހުރިހާ ޚަރަދުތަކެއް ކޮށްދީގެން އުޅެމުންދަނިކޮށް ބޭވަފާތެރިވި ފިރިއަކު ގިނަ ބައެއްގެ ތެރޭގަ ފަޟީޙަތްވެ ޖެހުނު ނިކަމެތި ޙާލުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 4ސ
އަނބިމީހާގެ މުސާރައިން ހުރިހާ ޚަރަދުތަކެއް ކޮށްދީގެން އުޅެމުންދަނިކޮށް ބޭވަފާތެރިވި ފިރިއަކު ގިނަ ބައެއްގެ ތެރޭގަ ފަޟީޙަތްވެ ޖެހުނު ނިކަމެތި ޙާލުގެ ވާހަކަ-

އެއީވެސް ވަރަށް ލޯބިން އެކުގައި އުޅުނު ދެމަފިރިންނެވެ. ފިރިމީހާއަށް ލިބެނީ ވަރަށް ކުޑަ މުސާރައެކެވެ. އަނބިމީހާއަކީ ބޮޑު މުސާރައެއް ލިބޭ ޑޮކްޓަރެކެވެ. އެހެންވެ ދިރިއުޅުމަށް ކުރަންޖެހޭ  ހުރިހާ ޚަރަދުތަކެއްހެން ކުރަނީ އަނބިމީހާއެވެ. 

އެއްދުވަހު ފިރިމީހާ ބުނީ އޮފީސް މަސައްކަތެއްގައި ރޭގަނޑު އަންނަ ގޮތަށް ޖެހިގެން އޮތް ސްޓޭޓަސް ދާންޖެހިއްޖެކަމަށެވެ. ރޭގަނޑު ގުޅާފައި ބުނީ ފްލައިޓް ކެންސަލްވެގެން ދެވޭނީ މާދަމާ ކަމަށެވެ.  

އެއިގެ ގަޑިއެއްހައިއިރު ފަހުން އިމަރޖެންސީގައި ބަލިމީހަކު ގެނައުމުން ބެލިއިރު ފިރިމީހާއެވެ. ނޭވާވެސް ނުލެވެއެވެ. ހަމައެކަނި އެނގުނު ވަރަކީ މުއްދަތުހަމަވެފައި ހުރި "ޖިންސީ ބޭހެއް" މާގިނައިން ކެވުނު ކަމެވެ. އިތުރު ސުވާލެއްކުރަން ބެލިއިރު ފިރިމީހާ ގެނެސް މައުލޫމާތުދިން މީހާ ވަނީ ހޮސްޕިޓަލުން ނުކުމެގެން ގޮސްފައެވެ. ކެމެރާ ފުޓޭޖުން ބެލިއިރު އެއީ ފިރިމީހާގެ ކޮއްކޮ ކައިވެނިކުރަންއުޅޭ އަންހެންމީހާއެވެ.  

ފިރިމީހާ ގަދަވެގެން ގެއަށް ގެންދެވުނުރޭ ފިރިމީހާ ފާޚާނާގައި އުޅެނިކޮށް ފޯނަށް މެސެޖެއް އައުމުން ބަލިއިރު ވީޑިއޯ މެސެޖެކެވެ. އެރޭ ދެމީހުން ކުރިކަންތަކާ ދެއްކި ވާހަކައެވެ. އަނބިމީހާއަށް އެންމެ ބޮޑު ސިހުމެއް ލިބުނީ އޭނާގެ ބަނޑުގައި އޮތް ދަރިފުޅު ވެއްޓުނީ މަކަރަކުން ފިރިމީހާ ދިން ބޭހެއް ކެއުމުން ކަމެވެ. "އަނބިމީހާއަށް ބުނެވުނެވެ. މިކަމަށް ބަދަލު ނުހިފައި ދޫކޮށެއްނުލާނަމެވެ." އަވަސް އަވަހަށް އެވީޑިއޯ އޭނާގެ ފޯނަށް ފޮނުވައިލުމަށްފަހު ފޯނުން ހިސްޓްރީ ޑިލީޓްކޮށްލައި ފިރިމީހާއަށް ނުއެނގޭނެ ގޮތް ހެދިއެވެ.  

އެދެމީހުންގެ ކައިވެނީގެ ޙަފްލާއެވެ. ކައިވެނިކުރަން ތައްޔާރުވަމުންދަނިކޮށް ދެމީހުންގެ ލޯބީގެ މާޒީކަމަށްބުނެ ސްކްރީނުން ވީޑިއޯއެއް ދައްކަންފެށިއެވެ. މިނިޓެއްހައިއިރަށްފަހު ދެން ފެންނަންފެށީ އަންހެންމީހާ ފޮނުވި ވީޑިއޯ މމެސެޖެވެ. ވާންއުޅޭ ޅިޔަނާއިއެކު ހޮޓަލުގައި ގަތްގަނޑެވެ. ދެމީހުން ދެއްކި ވާހަކަތަކެވެ. އެންމެނެ އަންތަރީސްވިއެވެ.  

ވީޑިއޯ ނިމުމުން ޑޮކްޓަރު ބުންޏެވެ. "އަހުރެން ބަދަލު މިހިފީ ފިރިމީހާއާއި ގުޅުން ހިންގީތީއެއް ނޫނެވެ. ދެމީހުންގެ ރޭވުމުން އަހުރެންގެ ބަނޑުގައި އޮތްދަރިފުޅު މަރައިލިތީއެވެ. ކައިވެނި ކުރިއަށް ގެންދާށެވެ. އަހުރެން މިދަނީއެވެ. ފަހަތުން އެކަކުވެސް ނުއަންނާށެވެ. މާފުކުރުމެއް ނެތެވެ. ރަނގަޅުވާނީ ފިރިމީހާއާއި ކޮއްކޮއާއި ދެބެއިންނާއި އެކުއެކުގައި މިރޭ ކައިވެނިކުރިއްޔާއެވެ." އެެހން ބުނެފައި ނުކުމެގެންދިއައީއެވެ.  

މިއީ އަޅުގަނޑުބެލި ވީޑިއޯއަކުން ފެނުނު ޙާދިސާއެކެވެ. ވިސްނުނީ ކިތަންމެ ރަނގަޅަށް ކަންތައްކޮށްދިނަސް މިބާވަތުގެ ފިރިން އިޞްލާޙްވެ ރަނގަޅު ދިރިއުޅުމެއް ނުއުޅޭނެ ކަމެވެ. އަދި މަކަރުވެރި އަންހެނުން ނުހަދާނެ މަކަރެއްވެސް ނުއޮންނާނެ ކަމެވެ. ގުޅުން ނުހިންގާނެ މީހަކުވެސް ނުހުންނާނެ ކަމެވެ.

 

- ޒަޢީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް  

- ޢިބްރަތްތެރި ވާހަކަ

މިއަދު އޮންލައިން