ﷲ ގެ ލަޢްނަތަށް ބިރުވެތިވޭ! އޮރިޖިނަލްކަމަށްބުނެ ޑުޕްލިކޭޓް ވިއްކުމަކީ ކުރެވޭ ބޮޑު ފާފައެއް! މަކަރާ ޙީލަތުގެ ޢަމަލެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ﷲ ގެ ލަޢްނަތަށް ބިރުވެތިވޭ! އޮރިޖިނަލްކަމަށްބުނެ ޑުޕްލިކޭޓް ވިއްކުމަކީ ކުރެވޭ ބޮޑު ފާފައެއް! މަކަރާ ޙީލަތުގެ ޢަމަލެއް!

ހެޔޮ އަގުގައި ތަކެތިވިއްކީމާ ގަންނަ މީހުން ގިނަވެ ކުރާ މަންފާ ބޮޑުވާނެއެވެ. މުދަލުގައި ދެބާވަތެއް ހުރެއެވެ. އެއީ އޮރިޖިނަލް އާއި ޑުޕްލިކޭޓެވެ. ޑުޕްލިކޭޓުގެ އަގު ހެޔޮވާނެއެވެ. ވީމާ ޑުޕްލިކޭތް މުދަލުގެ އަޞްލު އޮޅުވާނުލައި ޑުޕްލިކޭޓުގެ ގޮތުގައި ވިއްކުމަކީ މައްސަލައެއް ނޫނެވެ. ގަންނަ މީހާ ގަންނާނީ އެކަން އެނގިހުރެއެވެ. މައްސަލައަކަށް މިވަނީ އޮރިޖިލަގެ ގޮތުގައި ޑުޕްލިކޭތް މުދައު ވިއްކުމެވެ. އެއިރުން އެފެތެނީ މަކަރާ ޙީލަތަށެވެ.  

މިއީ ހޭލުންތެރިވާންޖެހިފައިވާ ކަމެކެވެ. ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުމުން ފައިދާކުރާނެއެވެ. އިން ޝާ ﷲ   

މިހާރަކަށް އައިސް ބާޒާރުގައި ވިއްކަން ހުންނަ ބައެއް ބާވަތްތަކުގެ މުދަލަކީ އެއިގެ އަޞްލެއް ނޫނެވެ. އަގުހެޔޮކުރުމަށްޓަކައި އުފައްދާ ޑުޕްލިކޭޓެވެ. އެފަދަ މުދަލެއް ވިއްކާނަމަ ވިއްކަންވާނީ އެއީ ޑުޕްލިކޭޓްކަން އެއެއްޗެއް ގަންނަ ފަރާތައް އޮޅުންފިލުވައިދިނުމާއިއެކުގައެވެ. އެކަން ބަޔާންކޮށްނުދީ އޮޅުންފިލުވައިނުދީ ވިއްކައިފިނަމަ އެކަންވާނީ އޮޅުވާލުމަކަށެވެ. މަކަރާ ހީލަތަކަށެވެ. 

ވިޔަފާރިއަކީވެސް ކުރަންވާ ރަނގަޅު ގޮތުގައި ތެދުވެރިކަމާއިއެކު ކުރުމުން އަޅުކަމެކެވެ. މަކަރާއި ހީލަތް ހެދުން، ބޮޑުއަގުގައި ވިއްކުން، ބާޒާރުގައި އެބާވޗަތެއް މަދުވުމުން އަގުއުފުލުން ފަދަ ކަންކަމަކީ އިސްލާމް ދީނުގައި ހުއްދަކުރާ ކަންކަމެއް ނޫނެވެ.  

ރަނގަޅަށް ވިޔަފާރިވާ ބައެއް ކުންފުނިތަކަށް ބޮޑެތި ގެއްލުންތައް ލިބެއެވެ. ބަނގުރޫޓުވެސްވެއެވެ. އެއިގެ އިތުރުން ތަނުގެ ވެރިންނަށް ބޮޑެތި ގެއްލުންތައް ލިބޭފަދަ މުޞީބާތްތައްވެސް ކުރިމަތިވެއެވެ. ބޮޑެތި ބަލިތަކުން ޢާއިލާއަށް ސަލާމަތްނުވެވިގެންވެސް އުޅެންޖެހެއެވެ. މިފަދަ ކަންކަން ކުރިމަތިވާ އެންމެ ބޮޑު އެއްސަބަބަކީ އެމީހުންގެ ކިބައިގައި ތެދުވެރިކަން ނެތުމުންނެވެ.  

ތަނަވަސްކަން ދެއްވަވަނީ ﷲ ތަޢާލާއެވެ. ވީމާ ތަނަވަސްކަން އިތުރުކުރަން ކުރާ މަސައްކަތުގައިވެސް ﷲ ތަޢާލާއަށް ތެދުވެރިވާށެވެ! ބަރަކާތް ލައްވަވާނީ އެއިރުންނެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން   

"ބައެއް ފިހާރަތަކުން ވިއްކާ ތަކެތި ގަނެގެން ގޮސް ބަލާއިރު އެއީ އަޞްލު ތަކެތި ނޫންކަން ފާހަގަ ކުރެވެއެވެ. މިފަދަ އޮޅުވާލުންތަކުގެ ސަބަބުން ވަގުތީ ފައިދާއެއް ލިބުނު ކަމުގައި ވިޔަސް މިއީ ވަރަށް ސުންޕާ ކަމެކެވެ. ވިޔަފާރީގެ ބަރަކާތް ގެއްލިގެން ދާ ކަމެކެވެ. މި ފަދަ ނުބައި ކަންކަން ކުރުމުން ދުރުވަމާތޯއެވެ؟":

- ޝައިޚް ޙަސަން ލަޠީފް

 

މިއަދު އޮންލައިން