ރާއްޖެއާއި ޗައިނާއާ ދެމެދު ފަންނާއި، ސަގާފަތާއި، ތަރިކައިގެ ރޮނގުން އޮތް ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ރާއްޖެއާއި ޗައިނާއާ ދެމެދު ފަންނާއި، ސަގާފަތާއި، ތަރިކައިގެ ރޮނގުން އޮތް ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާ، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދުގެ އަރިހަށް އިޙުތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައެވެ.

މި ބައްދަލުވުމުގައި ވަޒީރު ހީނާ ވަނީ ސަފީރު ކޮންގް ޒިއަންހުއާ އަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ދެ ބޭފުޅުންގެ މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ޗައިނާއާ ދެމެދު ފަންނާއި، ސަގާފަތާއި، ތަރިކައިގެ ރޮނގުން އޮތް ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

ޗައިނާއަކީ ސަގާފަތާއި ތަރިކައިގެ ރޮނގުން ދިވެހިރާއްޖެއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ އެއް ޤައުމުކަން މި ބައްދަލުވުމުގައި ފާހަގަކުރެވުނެވެ. މިގޮތުން ދެ ޤައުމުގެ ދެމެދުގައި އޮތް ތާރީޚީ އަދި ސަގާފީ ގުޅުންތައް އައު އުސްމިންތަކަކަށް ގެންދިއުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން ދެ ބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ.

މި ޒިޔާރަތަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކޮށް، ޚާއްޞަކޮށް ތަރިކަ ރައްކާތެރިކުރުމާއި ފަންނީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް މަގުފަހިވެގެންދާނެ ބައްދަލުވުމެއްކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން