ކާތަކެތީގަ ބަރަކާތް އިތުރުވުމަށް އެދޭނަމަ ސުންނަތުގައިވާ މަގުން ކައިބޮއިހަދާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 6ސ
ކާތަކެތީގަ ބަރަކާތް
އިތުރުވުމަށް އެދޭނަމަ ސުންނަތުގައިވާ މަގުން ކައިބޮއިހަދާށެވެ!


އުލާ ސަމުސަލުން ކެއުން

މުސްލިމުންނަށްވެސް ހުއްދައެވެ. ނަމަވެސް ސުންނަތް ގޮތަކީ އަތުން ކެއުމެވެ. ސުންނަތަށް ޢަމަލުކުރުމަކީ ޘަވާބުދެއްވަވާނެ ކަމެކެވެ. ވީމާ ޙާލަތެއް ދިމާވެގެން އުލާއި ސަމުސަލުން ކެއިނަމަވެސް ޢާންމުކޮށް އަތުން ކާން އާދަކުރާށެވެ!    

ޔޫރަޕު މީހަކު މުސްލިމެއްގެ އަރިހުން ސުވާލުކުރިއެވެ. " ތިޔަބައިމީހުން ކާއިރު ސަމުސާ ބޭނުން ނުކުރަނީ ކީއްވެހެއްޔެވެ؟ " މުސްލިމު މީހާގެ އޭގެ ޖަވާބުގައި ބުންޏެވެ. ” އަހަރެންގެ ސަމުސަލަކީ އަހަރެންގެ އަތާއި އަހަރެންގެ އިނގިލިތަކެވެ. މި ސަމުސާ ކާން ހަމައެކަނި ހަމައެކަނި ބޭނުންކުރާ މީހަކީ އަހަރެންނެވެ. 

އަދި އަހަރެން އެހެން އެއްވެސް މީހަކަށް މިސަމުސަލެއް ބޭނުމެއް ނުކުރެވޭނެއެވެ. އަދި މިސަމުސާ ދޮވެ ސާފުކޮށް ހަދަނީވެސް އަހަރެން އެކަންޏެވެ. ނަމަވެސް ތިބާ ތިޔަގެންގުޅޭ ދަނގަޑުން ހެދި ސަމުސާ ދޮވެފައި އޮތްކަންވެސް ނުވަތަ ނޫންކަންވެސް ތިބާއަށް ނޭންގޭނެއެވެ. އަދި އެސަމުސާ ބޭނުންކުރީ ކިތައް މީހުންނެއް ކަމާއި އަދި އެސަމުސާ އޮތީ ތާހިރުކޮށްކަމެއް އަދި ނޫންކަމެއް ތިބާއަށް ނޭންގޭނެއެވެ. އަދި ތިބާގެ ކުރިން އެސަމުސާ ބޭނުންކޮށްފައިވާ މީހާއަކީ ސިއްހަތު ރަނގަޅަށް ހުރި ނުވަތަ ބަލި މީހެއްކަމުގެ ޔަގީންކަންވެސް ތިބާއަށް ނޯންނާއެވެ. “

އަހަރެމެން މިގެންގުޅޭ ސަމުސާ މާ ރަނގަޅެވެ. އެކަމަކު ދަނގަޑުން ހެދި ސަމުސަލުން ކެއުމަކީ ދީނީ ގޮތުން މައްސަލައެއް ނޫނެވެ. ނަމަވެސް އަތުން ކެއުމަކީ އެންމެ މޮޅު އިތުރުވެގެންވާ ރަސޫލުﷲ ގެ ޞައްލަﷲ އަލައިހި ވަސައްލަމަގެ ސުންނަތުން ސާބިތުވާ ގޮތެވެ. މާތް ﷲ އަހަރެމެންނަށް ސުންނަތަށް ތަބަޢަވެ ކާމިޔާބު ލިބިގެންވާ ބަޔެއްކަމުގައި ލައްވާށިއެވެ. އާމީން 

ހަވާލު: އައް ލުއު ލުއު ވަލް މަންޘޫރު

ކާންބޭނުންކުރާ އުލާއި ސަމުސަލާއި ވަޅިފަދަތަކެތި ހޫނުފެނުލައި ކިތަންމެ ވަރަކަށް ސާފުކުރިނަމަވެސް އަތް ނޫން އެއްޗަކުން ކައިގެން ސުންނަތަށް ޢަމަލުކުރި ކަމަކަށް ނުވާނެއެވެ.  

އެޒަމާނުގައިވެސް ސަމުސާ ފަދަ ތަކެތި ހުއްޓެވެ. ރަސޫލް ﷺ ބޭނުންފުޅު ނުކުރެއްވެވީ ސަބަބެއް އޮތުމުންނެވެ. އެމީހުންނާ ކޮންމެ ކަމެއްގައި އެއްގޮތްވާން ވައަތުން ފެންތަށީގައި ހިފުމަކީވެސް ހުއްދަކަމެއް ނޫނެވެ. ހިފަންޖެހޭނީ ކަނައަތުންނެވެ.  

ވިސްނަންޖެހޭނެ ކަމަކީ ސުންނަތަށް ޢަމަލުކުރުމުން ކުރާނެ ފައިދާއެވެ. ﷲ ތަޢާލާ ބަރަކާތް ލައްވަވާނެ ކަމެވެ. ޘަވާބު ދެއްވަވާނެ ކަމެވެ.

ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ ވިދާޅުވެފައިވެއެވެ.  

"ޔުނިވަރސިޓީގެ ބޮޑު ޢިލްމުވެރިއަކާއިއެކު ކަމުން ފެންބޯން ވައަތުން ތަށީގައި ހިފުމުން ބަހައްޓަން ވިދާޅުވިއެވެ. ތަށީގެ ބޭރު ހަޑިވާނެތީ ހިފުނީކަމަށް ދެންނެވުމުން ވިދާޅުވިއެވެ. ބަލަ ތިއަ ކާން ބޭނުންކުރާ ތަށިވެސް ކައިނުމުން ދޮންނަނީ ނޫންހެއްޔެވެ؟"

 

 

 

މިއަދު އޮންލައިން