ތިބާ ނިކަމެތިކޮށް އެއްލާލައިފަ ދުރަށްދާ މީހުންފަހުން ދައްކާ ގިރިޓީއަށް ނުހެއްލޭތި! ގިނަފަހަރު އެނބުރި އަންނާނީ ގޮތްހުސްވުމުން ނޫނީ އިތުރު ދެރައެއް ދޭން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ތިބާ ނިކަމެތިކޮށް އެއްލާލައިފަ ދުރަށްދާ މީހުންފަހުން ދައްކާ ގިރިޓީއަށް ނުހެއްލޭތި!  ގިނަފަހަރު އެނބުރި އަންނާނީ ގޮތްހުސްވުމުން ނޫނީ އިތުރު ދެރައެއް ދޭން!

 

ދުރަށްދާންޖެހޭ ދެޙާލަތެއް އޮވެއެވެ. ފުރަތަމަ

ޙާލަތަކީ ކަންދިމާވާގޮތަކުން ދުރަށްދާން މަޖުބޫރުވުމެވެ. އެޙާލަތުގައި ދުރަށްދާ މީހުން ދުރަށްދާނީ އަނެކާއަށް އަނިޔާއަކަށްނުވާ ގޮތަށެވެ. ދެވަނަ ޙާލަތަކީ ތިމާއަށް މޮޅުގޮތެއް ވެދާނެކަން ވިސްނި ދުރަށްދާ މީހުންނެވެ. އެމީހުން އެވަނީ އަނިޔާވެރިއެވެ. އަނެކާއަށް ލިބޭނެ ދެރައަކަށް ނުވެސް ވިސްނާނެއެވެ.  

ތިބާއަށް އަނިޔާވެރިވެ ތިބާ ދޫކޮށްލާފައި ދުރަށްދާ މީހުންނާއިމެދު ވަރަށް ބޮޑަށް ވިސްނަންވާނެއެވެ. ފުރަތަމަ ކަމެއްގެ ގޮތުން އެފަދަ މީހަކު އިޞްލާޙްވެ ފަހުން ރަނގަޅު ކަންތައްތަކެއް ކޮށްދީފާނެ ކަމަށް ނުވަތަ އެނބުރި އައުމަށް އިންތިޒާރުކުރުމެއް ނެތެވެ.

ގިނަ ފަހަރަށް އެފަދަ މީހުން އެނބުރި އަންނާނީ 2 ޙާލަތެއް ކުރިމަތިވުމުންނެވެ. އެއްޙާލަތަކީ އެމީހުން ތިބާ އާއި ވަކިވެ ޙާޞިލުކުރަން ބޭނުންވި ލަނޑުދަނޑި ޙާޞިލުނުކުރެވި ކޮޅުކެހި ލިބުމެވެ. ދެވަނަ ގޮތަކީ ތިބާއަށް ރަނގަޅު ގޮތެއް މެދުވެރިވާން އުޅޭކަން އެނގުމުން އެކަމަށް ހުރަސް އެޅުމެވެ. އެޙާލަތުގައި ރަން އުނދޯއްޔެއްގައި ތިބާއުޑަށް އަރުވާނެ ކަމަށްވެސް ބުނާނެއެވެ.

މިފަދަ ކަންކަމަށް ސަމާލުކަންދޭށެވެ! ތިބާގެ ކުށެއް ނެތި އަނެކާ (ލޯބިވެރިޔާ ނުވަތަ ބައިވެރިޔާ) ތިބާ އާއި ވަކިވެއްޖެނަމަ އެމީހަކަށް ދެވަނަ ފުރުޞަތު ދިނުމުން ނުކުންނަ ނަތީޖާ ރަނގަޅެއް ނޫނެވެ. އެޙާލަތުގައި ކެތްތެރިކަން އިސްކޮށްލައި އިހަށް މަޑުކޮށްލާށެވެ. މާތް ﷲ ތިބާއަށް ލައްވަވާނެ ރަޙްމަތަށް އިންތިޒާރުކޮށްލާށެވެ.  

ދިރިއުޅުމުގެ ކަންކަމަށް އަވަސް އަރުވާލުމަކީ ހެދޭ ބޮޑު ގޯހެކެވެ. ކޮންމެ ނިންމުމެއްވެސް ނިންމަންވާނީ ވަރަށް ކެތްތެރިކަމާއިއެކުގައެވެ. ވަރަށް ބޮޑަށް ވިސްނުމަށްފަހުގައެވެ. ޚާއްޞަކޮށް ހިތާމަވެރި ޙާލަތެއް ކުރިމަތިވެއްޖެނަމަ އިތުރަށް ވިސްނަންވާނެއެވެ.  

ހަމަ އެއާއިއެކު އެކުވެރިން ދައްކާ މަގު އިޚްތިޔާރުކުރަންވާނީވެސް އެކަމަށް ތިމާ ވަރަށް ބޮޑަށް ވިސްނުމަށްފަހުގައެވެ. އެކަމަކީ ތިމާއަށް ފައިދާހުރި ކަމެއްކަން ޔަޤީންކުރުމަށްފަހުގައެވެ. ދިރިއުޅުން ކާމިޔާބުކުރެވޭނީ އެއިރުންނެވެ. އިން ޝާ ﷲ  

--އަލަފް / މިއަދުނޫސް

މިއަދު އޮންލައިން