ދަރިއަކު ލިބުމާއެކު ކުއްޖާއަށް ބަންގީގެ އަޑު އިއްވުމުން ކުރާނެ ބޮޑެތި ފައިދާތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 54ސ
ދަރިއަކު ލިބުމާއެކު ކުއްޖާއަށް ބަންގީގެ އަޑު އިއްވުމުން ކުރާނެ ބޮޑެތި ފައިދާތައް-

ދަރިއަކު އުފަންވުމުން އެކަމަށް އުފާކުރަން އޮތް ކަމަކީ ޝުކުރުވެރިވުމެވެ. ޝުކުރުވެރިވުމަށް ކުރަން އޮތް ފުރަތަމަ ކަމަކީވެސް އެދަރިފުޅަކީ ﷲ ތަޢާލާގެ މަގުގައި ތަރުބިއްޔަތުކުރާނެ ދަރިއަކަށް ހަދަން ޢަޒުމް ކަނޑައެޅުމެވެ. އެކަމަށް ޢަޒުމް ކަނޑައެޅުމާއިއެކު މަސައްކަތްކުރަންވެސް ފަށަން ޖެހެއެވެ. ވީމާ ތިޜިގައި އެވާ ލިޔުމަކީ ކޮންމެ ބެލެނިވެރިއަކަށްވެސް ފައިދާކުރާނެ ލިޔުމެކެވެ. އިން ޝާ ﷲ  

ކުއްޖާ ދުނިޔެއަށް އުފަންވާ ވަގުތު ކުއްޖާގެ ކަނާއަތު ކަންފަތްދޮށުގައި (ބަންގީގެ ކަލިމަތަކުން) ބަންގިގޮވުމަކީ ސުންނަތްވެގެންވާ ކަމެކެވެ. މިގޮތަށް ބަންގި ގޮވާއިރު ބޭނުންކުރާނީ ނަމާދަށް ގޮވުމަށް ބޭނުންކުރާ ލަފްޒުތަކެވެ. މިގޮތަށް ކަންތައްކުރުމުގެ ބޭނުމަކީ ކުއްޖާއަށް މިދުނިޔޭގައި އެންމެ ފުރަތަމަ އިވޭ އަޑަކީ ﷲ ތަޢާލާގެ އިސްމުފުޅާއި އަދި އެކަލާނގެ މަތިވެރިކުރުމާއި މާތް ކުރުމުގެ އަޑުކަމުގައި ހެދުމެވެ. އަދި އެކުއްޖާގެ ކިބައިން ޝައިތާނާ ދުރުކުރުމެވެ. 

އަބޫ ރާފިޢު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.  

((رَأَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَذَّنَ فِي أُذُنِ الْحَسَنِ بْنِ عَلِيٍّ حِينَ وَلَدَتْهُ فَاطِمَةُ بِالصَّلَاةِ.))[1] 

މާނަ: "ފާތިމަތުގެފާނަށް ޙަސަނުގެފާނު ލިބިވަޑައިގެންނެވި ހިނދު ޙަސަންގެފާނުގެ ކަންފަތްޕުޅުގެ ދޮށުގައި ރަސޫލާ صلى الله عليه وسلم  ބަންގިދެއްވަނިކޮށް ތިމަންކަލޭގެފާނު ދެކެވަޑައިގެންނެވީމެވެ."  

7- އިމާމު އިބްނުލް ޤައްޔިމް ރަޙިމަހުﷲ ވިދާޅުވިއެވެ.

"ބަންގިގޮވުމުގެ ސިއްރަކީ -والله أعلم- އެއީ ﷲ ތަޢާލާގެ ކިބްރިޔާވަންތަކަމާއި މަތިވެރިކަމާ އަދި އެންމެ ފުރަތަމަ އިސްލާމްދީނަށް ވައްދައިދޭ ޝަހާދަތުގެ ކަލިމަ އެކުލެވިގެންވާ ކަލިމަތައް (ބަންގީގެ ކަލިމަތައް) އެންމެ ފުރަތަމަ އިންސާނާގެ ކަންފަތަށް އިވޭއަޑުކަމުގައި ހެދުމަށެވެ. އެއީ އޭނާ ދުނިޔެއަށް އުފަންވާއިރު (އިވޭ އަޑަކީ) އިސްލާމްދީނުގެ ޝިޢާރު އެކުލެވިގެންވާ ކަލިމަތަކެއްކަމުގައި ވީފަދައިން އޭނާ މިދުނިޔެއިން ވަކިވެގެންދާއިރުވެސް ތައުޙީދުގެ ކަލިމަތައް އެންމެ ފަހުގެ ކަލިމަތަކެއްކަމުގައި ހެދުމެވެ. އަދި އެމީހަކަށް ނޭންގުނު ކަމުގައިވިޔަސް، އެއްވެސް އިންކާރުކުރުމަކާ ނުލައި ބަންގީގެ އަސަރު ކުއްޖާގެ ހިތަށް ވަދެގެންދެއެވެ. އަދި މިނޫނަސް މިކަމުގައި އިތުރު ފައިދާއެއްވެއެވެ. އެއީ: ބަންގީގެ ކަލިމަތަކުގެ އަޑަށް ޝައިޠާނާ ބިރުން ފިލުމެވެ. އަދި އޭނާވަނީ (އުފަންވާ ކުއްޖާއަށް) -ﷲތަޢާލާ ތަޤުދީރުކުރައްވައި އިރާދަކުރައްވާފައިވާ- އިމްތިޙާނަށްޓަކައި، އެކުއްޖާ އުފަންވާނޭއިރަކަށް ފާރަވެރިވެގެންނެވެ. އެއަށް ފަހު އެންމެ ފުރަތަމަ ވަގުތުގައިވެސް ޝައިތާނާއަށް އޭނާ ނިކަމެތިކޮށްލާ އަދި ރުޅިއަންނަ ކަލިމަތައް އިވިގެންދެއެވެ. މިކަމުގައި އެހެން މާނައެއް ވެއެވެ. އެއީ ޝައިތާނާއަށް ވުރެ ކުރިން  ﷲ އާއި އިސްލާމްދީނަށާއި އެކަލާނގެއަށް އަޅުވެތިވުމަށް ދަޢުވަތު ދިނުމެވެ. އެ ފަދައިން ﷲތަޢާލާ އަހަރެމެން އެ ފިޠުރަތެއްގެ މަތީގައި ލެއްވި ފިޠުރަތް ޝައިތާނާ ބަދަލުކޮށްލައެވެ. އަދިވެސް މި ނޫން ޙިކުމަތްތައް މިކަމުގައި ވެއެވެ." [2] 

8- ކުއްޖާގެ ވާއަތުގެ ކަންފަތް ދޮށުގައި ޤަމަތްދިނުމަށް ޞައްޙަ އެއްވެސް ޙަދީޘަކުން ޘާބިތު ނުވެއެވެ. [3] 

މިލިޔުމުގެ އެހެންބައިތައް 

[1]  رواه أبو داود (5105)، والترمذي (1514) وفي إسناده ضعف وصححه الترمذي والحاكم . މިޙަދީޘްގެ ސަނަދުގައި ބަލިކަމެއް ވެއެވެ. ތިރްމިޒީ އަދި ޙާކިމް މި ޙަދީޘް ޞައްޙަކުރައްވައެވެ.

[2]  تحفة المودود بأحكام المولود (ص 37)

[]   އުފަންވާ ކުއްޖާގެ ކަންފަތްދޮށުގައި ބަންގިގޮވުމާ ނުވަތަ ޤަމަތްދިނުމާ ބެހޭގޮތުން އައިސްފައިވާ ޙަދީޘަކީ ޟަޢީފު ޙަދީޘެކެވެ. ނަމަވެސް އުންމަތުގެ ބައެއް ދަންނަ ބޭކަލުން އެއީ ޞައްޙަ ޙަދީޘެއްކަމުގައި ދެކި އެފަދައިން ޢަމަލުކުރައްވާފައިވެއެވެ. (މުތަރުޖިމް)

 

- ޝައިޚް ޢީސާ ހުނައިން

 

މިއަދު އޮންލައިން