ޤުރްއާނުގެ ހުރިހާ ސޫރަތެއް ބިސްމިﷲ އިން ފެށިފަ ބިސްމިއާ ނުލާ އެންމެ ސޫރަތެއް އެއޮތީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ޤުރްއާނުގެ ހުރިހާ ސޫރަތެއް ބިސްމިﷲ އިން ފެށިފަ ބިސްމިއާ ނުލާ އެންމެ ސޫރަތެއް އެއޮތީ ކީއްވެ؟

ކީރިތި ޤުރްއާނުގައި އެންމެ ކުށެއްވެސް ނުވާނެއެވެ. އެންމެ އަކުރެއް ފިއްޔެއްގައިވެސް ކުށެއް ނުވާނެއެވެ. ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމައާއި ޖިބްރީލްގެފާނު ކޮންމެ ރަމަޟާން މަހެއްގައި މުޅިމުޞްޙަފް މުރާޖަޢާ ކުރެއްވެވިއެވެ. އިތުރު ޞާޙިބާގެ އެންމެ ފަހު އަހަރުގެ ރަމަޟާންމަހު 2 ފަހަރަށް މުރާޖަޢާ ކުރެއްވެވިއެވެ.  

ބިސްމިއާ ނުލާ ތައުބާ ސޫރަތް ބާވާލެއްވުމުގެ ޙިކުމަތަކީ ކޮބާހެއްޔެވެ؟ 

ޤުރުއާނުގައިވާ ކޮންމެ ސޫރަތެއްގެ ފެށުމުގައި ‏”‏بسم الله الرحمن الرحيم‏”މިފަދައިން އައިސްފައިވެއެވެ. ތައުބާ ސޫރަތް ފިޔަވައެވެ. ފަހެ މިކަމުގައި ޢިލްމުވެރިން ދެޖަވާބެއް ދެއްވާފައިވެއެވެ. 

ފުރަތަމަ ޖަވާބު: 

ތައުބާ ސޫރަތަކީ (އޭގެ ކުރީގައިވާ) އަންފާލު ސޫރަތް ފުރިހަމަ ކުރުމަށްޓަކައިވާ ސޫރަތެކެވެ. އެހެންވެ އެސޫރަތް ފެށޭއިރުގައި ‏”‏بسم الله الرحمن الرحيم‏”އައިސްފައި ނުވަނީއެވެ. އެހެނީ އެއީ އަންފާލު ސޫރަތް ފުރިހަމަ ކުރުމަށްޓަކައިވާ ސޫރަތަކަށް ވާތީއެވެ. 

ދެވަނަ ޖަވާބު: 

ތައުބާ ސޫރަތުގައި ބިސްމި އައިސްފައި ނުވަނީ، އެހެނީ ހަމަކަށަވަރުން އެސޫރަތުގައި ޛިކުރު ކުރެވިފައިވަނީ ޖިހާދާއި ކާފަރުންނާ ހަނގުރާމަކުރުމުގެ ވާހަކައެވެ. އަދި މިސޫރަތުގައި މުނާފިޤުންނަށްވާ ވަޢީދުގެ ބަސްފުޅުތަކާއި އަދި އެމީހުން ފަޟީޙަތްކުރައްވާފައިވާ ގޮތް ބަޔާންކުރެވިފައިވެއެވެ. އަދި އެމީހުންނަށްހުރި އިހާނެތިކަމުގެ ވާހަކަ ބަޔާންކުރައްވާފައިވެއެވެ. އަދި ‏”‏بسم الله الرحمن الرحيم‏”މިއީ،އޭގައި ރަޙުމަތުގެވާހަކަ ނަންގަނެވިފައިވާ ކަލިމަތަކެކެވެ. އަދި މިމަޤާމުގައި (ތައުބާ ސޫރަތުގައި) ބަޔާންކުރެވިފައިވާ މުނާފިޤުންގެ ސިފަތަކުގެ ވާހަކަ މިއީ ރަޙުމަތުގެ މަޤާމެއްނޫނެވެ. އަދި ކިއެއް ހެއްޔެވެ. މިއީ ވަޢީދާއި ބިރުދެއްކުމުގެ މަޤާމެކެވެ. އެހެންވެގެން މިސޫރަތުގެ ފެށުމުގައި ‏”‏بسم الله الرحمن الرحيم‏”ޛިކުރުކުރެވިފައި ނުވަނީއެވެ. 

فضيلة الشيخ صالح بن فوزان الفوزان 

 

- -އަބޫ ފުސައިލް މުއުތަމިން އަޙްމަދު

މިއަދު އޮންލައިން