6 ޖޫން ގެ ނިޔަލަށް މިފްކޯ އަށް މަސްކިރުވި ދޯނިތަކަށް 2 ލައްކައަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 58ސ
6 ޖޫން ގެ ނިޔަލަށް މިފްކޯ އަށް މަސްކިރުވި ދޯނިތަކަށް 2 ލައްކައަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފި

މަސްދޯނިފަހަރުން 6 ޖޫން 2026 ގެ ނިޔަލަށް މިފްކޯ އަށް މަސްކިރުވި ދޯނިތަކަށް 2 ލައްކައަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ.

މީގެ ތެރޭގައި މިފްކޯއަށް ކިރުވާ ކަންނެލީގެ ފައިސާ ވެސް ހިމެނެއެވެ. މިފައިސާ ޖަމާކޮށްފައިވަނީ 8 ޖޫން 2026 ވަނަ ދުވަހުއެވެ. ކަޅުބިލަމަހާއި ކަންނެލި މަސްދޯނިތައް ހިމެނޭހެން ޖުމްލަ 20 ދޯންޏަކުން މަސްކިރުވާފައިވެއެވެ. މި ދޯނިތަކަށް ޖުމްލަ 278،380.00 ރުފިޔާ ވަނީ ދޫކޮށްފައެވެ.

މިފްކޯއިން ފައިސާ ދޫކުރި ގޮތުގެ ތަފްސީލަށް ބަލާއިރު، 18 މަސްދޯންޏަކުން ކިރުވި ކަޅުބިލަ މަހަށްވާ 223،465 ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި 9 ދޯންޏަކުން ކިރުވި ކަންނެލި (10 ކިލޯއިން މަތި) މަހަށްވާ 11،940 ރުފިޔާ އާއި 11 ދޯންޏަކުން ކިރުވި ކަންނެލި ( 15ކިލޯއިން މަތި) މަހަށްވާ 42،975 ރުފިޔާ ދޫކޮށްފައިވެއެވެ.

މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނުހަނު އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މުހިންމު ސިޔާސަތެކެވެ. މީގެއިތުރަށް މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމާއި، ފައިސާ ދޫކުރުމުގެ އިންތިޒާމުތައް ހަރުދަނާކޮށް ހަލުވިކުރުމަކީވެސް ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.

މިއަދު އޮންލައިން