ދަރިފުޅާ ދޮންމަންމައާދެމެދު އިޚްތިޔާރުކުރަންޖެހިއްޖެނަމަ މިބައްޕަގެ ނިންމުމާ އެއްގޮތަށް ޢަމަލުކުރާ ބައްޕައަކަށް ކުރާނެ ފައިދާ މާބޮޑުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ދަރިފުޅާ ދޮންމަންމައާދެމެދު އިޚްތިޔާރުކުރަންޖެހިއްޖެނަމަ މިބައްޕަގެ ނިންމުމާ އެއްގޮތަށް ޢަމަލުކުރާ ބައްޕައަކަށް ކުރާނެ ފައިދާ މާބޮޑުވާނެ!

އެއީ ވަރަށް ލޯބިން އެކުގައި އުޅުނު ދެމަފިރިންނެވެ. އެދެމަފިރިންގެ ކައިވެންޏަށް އަންހެން ދަރިއަކު ލިބުނެވެ. އެދަރިފުޅަށް 12 އަހަރުގައި އަނބިމީހާ ނިޔާވުމުން 2 އަހަރު އެކަނި ހުރެފައި ދެވަނަ ކައިވެނިކުރިއެވެ. ކައިވެނިކުރުމުން އަނބިމީހާ އެދުނު އެދުމަށް ދަރިފުޅު ބެހެއްޓީ މާމަގެ ގާތުގައެވެ. ނަމަވެސް ބައްޕަ ބުނެފައި އޮންނަނީ ބައްޕަ ދެކެން ބޭނުންވާ ކޮންމެ ވަޤުތަކު ގެއަށް އައިސް ބައްދަލުކުރުމަށެވެ.  

އަނބިމީހާއަކަށް އެގޮތްވެސް ކަމަކު ނުދިއައެވެ. ބުނީ ގެއަށް ގެނެސްގެން ނުވާނެ ކަމަށާއި ދެބަފައިން ވާހަކަދައްކަންޖެހޭނީ ފޯނުން ކަމަށެވެ. އެކަމަކަށް ފިރިމީހާ ޖަވާބެއް ނުދެއެވެ. ދަރިފުޅުގެ ގާތުގައި ގެއަށް ނައުމަކަށް ނުބުނެއެވެ. އެހެންވެ ހަފްތާ ބަންދުގައި ބައްޕަ ދެކެލައި އެކުގައި އުޅެލަން ގެއަށް އައުދެއެވެ.  

އެއީ ދަރިފުޅު ގެއަށް އައިސް އުޅުނު ދުވަހެކެވެ. އަނބިމީހާ ބުނީ ދަރިފުޅާއި އޭނާއާއި ދެމީހުންކުރެ އެކަކު އިޚްތިޔާރުކުރުމަށެވެ. ފިރިމީހާ އަނބިމީހާއަށް ވިސްނައިދޭން މަސައްކަތްކުރުމުންވެސް ގޮތްދޫނުކުރީމާ ފިރިމީހާ ބުނީ އިޚްތިޔާރުކުރާނީ ދަރިފުޅު ކަމަށެވެ. އެއީ ދަރިފުޅު ގެއަށް އަންނަ ކޮންމެ ދުވަހަކު ތިއަވަރު އަރުވާއިރުވެސް އަދި މިއަދާއި ހަމައަށް ދަރިފުޅު ނުރުހުމުގެ ބަހެއްވެސް ނުބުނެއެވެ. އެކަމުން އެނގެނީ ދަރިފުޅުގެ ހަރުދަނާ ކަމެވެ.

ބުނަންހެއްޔެވެ؟ އަންތބަކު އަދިވެސް ލިބިދާނެ އެވެ. ދަރިފުޅު ގެއްލިއްޖެނަމަ ނުލިބޭނެ އެވެ. ވީމާ ދަރިފުޅުގެ މަންމައެއްގެ މަޤާމުގައި އިންނަން ބޭނުން ނޫންނަމަ ހަމަ މިހާރުވެސް ނުކުމެގެންދާންވީ އެވެ. އަނބިމީހާ އިޚްތިޔާރުކުރީ ގެއިން ދިއުމެވެ. ފިރިމީހާ އެކަމަށް ހުރަހެއް ނުއަޅައެވެ. އެދުވަހުން ފެށިގެން ދަރިފުޅު ބެހެއްޓީވެސް ގާތުގައި ގޭގައެވެ. 

މިޙާދިސާގެ ވާހަކަ މިގެނެސްދިނީ މިއީ ޒިންމާދާރު ބައްޕައިން ކަންކަން ނިންމަންވާނެ ގޮތްކަން ބުނެދިނުމަށެވެ. އަނބިމީހާ މަރުވިޔަސް، ދިމާވާގޮތަކުން ދެމަފިރިން ވަކިވިޔަސް ދަރިފުޅާއި ބައްޕައާއި އޮންނަންޖެހޭ ގުޅުމަށް ހުރަހެއް އޮވެގެންނުވާނެއެވެ. ޚަރަދުކުރުމާއި ފޯނުން ވާހަކަދެއްކުމަކުން ނުނިމޭނެއެވެ. ދަރިފުޅަށް ދޭންޖެހޭ ލޯބިވެސް ދޭންވާނެއެވެ. އިތުރު ކައިވެނި ޖުރަންވާނީ ދަރިފުޅު ނުވަތަ ދަރިންގެ އެއްވެސް ކަމަކަށް ހުރަސނުއެޅޭނެ ގޮތަކަށެވެ.

 

- މިއަދުނޫސް

 

 

މިއަދު އޮންލައިން