ތިމާގެ ސަލާމަތަށާ ރައްކާތެރިކަމަށް އެދިގެން ކޮންމެ ދުވަހަކުވެސް މިފަދަ ދުޢާތައް ކުރަން އާދަކުރައްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 34ސ
ތިމާގެ ސަލާމަތަށާ ރައްކާތެރިކަމަށް އެދިގެން ކޮންމެ ދުވަހަކުވެސް މިފަދަ ދުޢާތައް ކުރަން އާދަކުރައްވާ!

ސަލާމަތްކަމާ ރައްކައުތެރިކަން ލިބެން އޮތީ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. އަހުރެމެންނަށް އޮތީ ސަބަބުތަކުގައި ހިފަހައްޓައިގެން ތިބެ ދުޢާކުރުން ގިނަކުރުމެވެ. އެެހންކަމާއިއެކުވެސް އެކަމަށް ގިނަ ބައަކު އަންނަނީ އިހްމާލުވަމުންނެވެ. މިއާދަ ބަދަލުކުރަން އެބަޖެހެއެވެ.  

މުސްލިމުންގެ ޢަދަދު ގިނަ ނަމަވެސް ﷲ ތަޢާލލާއަށް އީމާން ނުވާ ބައަކު ނެތް ޤައުމެއް މިހާރަކު ނެތެވެ. އެމީހުންގެ ސަބަބުން ފިތުނަތައް މިދަނީ ޢާންމުވަމުންނެވެ. ﷲ ތަޢާލާގެ ކޯފާ މިދަނީ ޢާންމުވަމުންނެވެ. ވީމާ އެކަމުން ރައްކައުތެރިކަން ހޯދަން މަސައްކަތްކުރަން މިވަނީ މަޖުބޫރުވެފައެވެ.  

ވީމާ ކޮންމެ ދުވަހަކުވެސް ކުރާ ދުޢާތަކުގައި މިފަދަ ދުޢާތައް ހިމަނާށެވެ! ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރަމުން ރައްކައުތެރިކަމަށް އެދޭ މީހާއަށް އެކަލާނގެ ރައްކައުތެރިކަން ދެއްވަވާނެތެވެ.  

عَلَى اللَّهِ تَوَكَّلْنَا رَبَّنَا لَا تَجْعَلْنَا فِتْنَةً لِّلْقَوْمِ الظَّالِمِينَ

وَنَجِّنَا بِرَحْمَتِكَ مِنَ الْقَوْمِ الْكَافِرِينَ  

فَقَالُوا عَلَى اللَّهِ تَوَكَّلْنَا رَبَّنَا لَا تَجْعَلْنَا فِتْنَةً لِّلْقَوْمِ الظَّالِمِينَ 

"ފަހެ، އެއުރެން ދެންނެވޫއެވެ. ﷲ އަށް އަޅަމެން ވަކީލްކޮށްފީމެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަނިޔާވެރިވީ މީހުންނަށް ފިތުނައެއްކަމުގައި (އެބަހީ: އެއުރެންގެ އަނިޔާވެރިކަމުގެ ދަށުގައި) އަޅަމެން ނުލައްވާނދޭވެ!" (ޠާހާ: 85) 

وَنَجِّنَا بِرَحْمَتِكَ مِنَ الْقَوْمِ الْكَافِرِينَ

"އަދި ކާފިރުވި މީހުންގެ ކިބައިން، އިބަރަސްކަލާނގެ ރަޙްމަތްފުޅާލައިގެން އަޅަމެން ސަލާމަތް ކުރައްވާނދޭވެ!" (ޠާހާ: 86)

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން