މޫސުމީ ބަދަލުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމާ ގުޅޭ ދެ ދުވަހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 30ސ
މޫސުމީ ބަދަލުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމާ ގުޅޭ ދެ ދުވަހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކަށް ބޭނުންވާ މާލީ ވަސީލަތްތައް ހޯދުމާ ގުޅޭގޮތުން ބޭއްވި ދެ ދުވަހުގެ މަސައްކަތު ބައްދަލުވުމެއް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

"ކްލައިމެޓް ފައިނޭންސް ރެޑިނަސް އެންޑް ރިސޯސް މޮބިލައިޒޭޝަން" (Climate Finance Readiness and Resource Mobilisation) ގެ ނަމުގައި ކުރިއަށް ގެންދިޔަ މި މަސައްކަތު ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ، މޫސުމީ ބަދަލުތަކާ ގުޅުންހުރި މަޝްރޫއުތަކަށް ބޭނުންވާ ބައިނަލްއަގުވާމީ މާލީ އެހީތެރިކަން ހޯދުމަށްޓަކައި އިދާރާތަކުގެ ފަންނީ ގާބިލުކަން އިތުރުކުރުމެވެ.

މި ބައްދަލުވުމުގެ ސެޝަންތަކުގައި، މޫސުމީ ފަންޑުތަކަށް ހުށަހަޅާނެ ވަރުގަދަ މަޝްރޫއު ޕްރޮޕޯސަލްތައް ތައްޔާރުކުރާނެ ގޮތްތަކާއި، އެފަދަ ފަންޑުތަކަށް ވާސިލުވުމަށް ބޭނުންވާ މުހިންމު މައުލޫމާތުތައް ބައިވެރިންނަށް ފޯރުކޮށްދީފައިވެއެވެ. މިއީ މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށް ކުރެވޭ މަސައްކަތްތަކަށް ބޭނުންވާ މާލީ ވަސީލަތްތައް ހޯދުމުގައި ދިމާވާ ގޮންޖެހުންތައް ކުޑަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި މަސައްކަތު ބައްދަލުވުމަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށާއި މޫސުމީ ހަރަކާތްތަކަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް ސަރުކާރުން ކުރަމުންދާ ދިގު މުއްދަތުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ހަރަކާތެކެވެ. މީގެ އިތުރުން، މި ބައްދަލުވުމުގެ ސަބަބުން ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކުގެ އިދާރީ ހިންގުން ހަރުދަނާވެ، ބައިނަލްއަގުވާމީ މާލީ އިދާރާތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިސްކަންދޭ މޫސުމީ އެޖެންޑާގެ ދަށުން ކުރިއަށް ގެންދިޔަ މި ބައްދަލުވުމަކީ، ރާއްޖެއަކީ މޫސުމީ ބަދަލުތަކަށް ތައްޔާރުވެފައިވާ ގައުމަކަށް ހެދުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން