ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސްކަމުގެ މަޤާމަށް މާލީ ވަޒީރު އައްޔަންކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސްކަމުގެ މަޤާމަށް މާލީ ވަޒީރު އައްޔަންކުރައްވައިފި

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސްކަމުގެ މަޤާމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވައިފިއެވެ.

އެލްޖީއޭގެ ރައީސްގެ މަޤާމުގައި މީގެކުރިން ހުންނެވީ ކުރީގެ ވަޒީރު މޫސާ ޒަމީރުއެވެ. މޫސާ ޒަމީރު ވަނީ މި ހިނގާ މަހުގެ 8 ވަނަ ދުވަހު އެ މަޤާމުން އިސްތިއުފާ ދެއްވާފައެވެ. މޫސާ ޒަމީރު އިސްތިއުފާ ދެއްވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ވަނީ މާލީ ވަޒީރުގެ މަޤާމަށް ޙަސަން ޒަރީރު އައްޔަންކުރައްވައި، އެލްޖީއޭގެ ރައީސްކަމުގެ މަސްއޫލިއްޔަތުވެސް އެމަނިކުފާނާ ހަވާލުކުރައްވާފައެވެ.

ޤާނޫނު އަސާސީގެ 140 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 59 ވަނަ މާއްދާގެ ދަށުން، އެލްޖީއޭގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާނީ ރައީސުލްޖުމްހޫރިއްޔާ އެ އޮތޯރިޓީގެ ރައީސްކަމަށް އައްޔަންކުރައްވާ ވަޒީރެވެ.

މާލީ ވަޒީރު ޙަސަން ޒަރީރު މި މަޤާމަށް އައްޔަންކުރެއްވުމާއެކު، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމާއި ކައުންސިލްތަކުގެ މާލީ ކަންކަން ބެލެހެއްޓުމުގައި އެލްޖީއޭއިން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން