ލޯބިވެރިޔާ ކިތަންމެ ބޭނުމަސް، ވަކިވާނެ ކަމުގެ އިންޒާރުދިނަސް، ރުޅިއައިސް ވަކިވިޔަސް ﷲ ގެ އިމުން ބޭރުނުވެ ޘާބިތުވެއްޖެނަމަ ލައްވަވާ ރަޙްމަތް މާބޮޑުވެފަ މާއުފާވެރިވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ލޯބިވެރިޔާ ކިތަންމެ ބޭނުމަސް، ވަކިވާނެ ކަމުގެ
އިންޒާރުދިނަސް، ރުޅިއައިސް ވަކިވިޔަސް ﷲ ގެ އިމުން ބޭރުނުވެ ޘާބިތުވެއްޖެނަމަ
ލައްވަވާ ރަޙްމަތް މާބޮޑުވެފަ މާއުފާވެރިވާނެ!

 

ލޯބިވެރިޔާ އެދޭހައި ކަންކަން ކޮށްދިނުން އަންނަނީ ގިނަވަމުންނެވެ. ﷲ ތަޢާލާ ހުއްދަ ކުރައްވަވާފައިވާ އިންތަކުން ބޭރުން ބުނާހައި ކަންކަން ކޮށްދިނުން ގިނަވާތީ އެގޮތަށް ކަންކަން ކޮށްނުދޭނަމަ ވަކިވުން ވަނީ ޢާންމު ކަމަކަށްވެފައެވެ. ކުރިން ކަންކަން ކޮށްދެވިފައިވަނިކޮށްވެސް ހެޔޮވިސްނުން ލިބިއްޖެނަމަ އެހިސާބުން އަވަހަށް ޙައްޤުމަގުގައި ޘާބިތުވާށެވެ! އެއީ ﷲ ތަޢާލާ ލެއްވެވި ބޮޑު ރަޙުމަތެކެވެ. އެފަދަ ބޮޑު ރަޙްމަތެއްގެ ބޭނުން ނުހިފައި ދޫކޮށްލަން ހެޔޮވާނީ ކޮންގޮތަކުން ހެއްޔެވެ؟  

އެފަދަ ގޮތެއް މެދުވެރިވެއްޖެނަމަ ހިތާމަނުކުރާށެވެ! އުފާކުރާށެވެ! އޭނާގެ ބަދަލުގައި ތިބާއަށް މާރަނގަޅު މީހަކު ﷲ ތަޢާލާ ދެއްވަވާނެތެވެ. އެހެން މިބުނަނީ އެމީހަކު ކުރަމުން އަންނަ ނުބައި ޢަމަލެއް ކުރުން ﷲ ތަޢާލާއަށްޓަކައި ހުއްޓާލައިފިނަމަ އެމީހަކަށް މާރަނގަޅު ގޮތްތައް މިންވަރުކުރައްވަވާނެކަން އެނގެން އޮތުމުންނެވެ.  

ވީމާ ފާފައެއް ކުރަމުން އައި މީހަކު އެކަން ކުރުން ހުއްޓާލުމުން މާރަނގަޅު ގޮތްތައް ﷲ ތަޢާލާ މިންވަރުކުރައްވަވާއިރު ﷲ ތަޢާލާއަށް ބިރުވެތިވެ ފާފަ ނުކުރުމުން މާރަނގަޅު ބަދަލެއް ނުދެއްވަވާނެ ކަމަށް ހީވެސްކޮށްގެން ނުވާނެއެވެ. އޮތީ މާރަނގަޅު ގޮތްތައް މިންވަރުކުރައްވަވާނެކަން ޔަޤީންކުރުމެވެ. ޔަޤީންކުރުމާއިއެކު ދުޢާކުރުމެވެ.   

މިވާހަކަ ދައްކަން ޖެހޭ ސަބަބަކީ ލޯބިވެރިޔާ ރުއްސަން ފާފަކުރެވޭ ކުދިންނަށް އެކަން ވިސްނިގެން ތައުބާވާން ބޭނުންވެގެން ސުވާލުކުރާ ގިނަކުދިންނަށް ފާފަކުރެވުނު ސަބަބެއް ކަމަށް ބުނަނީ އެލޯބިވެރިޔާ ގެއްލިއްޖެނަމަ އެފަދަ އެހެން ލޯބިވެރިއަކު ދެން ނުލިބިދާނެ ކަމަށް ޤަބޫލުކުރެވޭތީ ފާފަކުރެވުނީ ކަމަށެވެ. އެއީ ހަމަ މުޅިން ނުބައި ވިސްނުމެކެވެ. ކަން އޮތްގޮތް ކުރިން މިބަޔާންކުރީއެވެ.  

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން