އެއީ ތަނަވަސް ޒުވާނެކެވެ. ކައިވެނިކޮށް ދެމަފިރިންވެސް އުޅެމުން ދިއައީ ވަރަށް އުފަލުގައެވެ. ނަމަވެސް މައިދައިތަގެ ހިތުގައި އަނދަމުންދިއައީ ޙަސަދައިގެ އަލިފާނެވެ. އެއީ އޭނާގެ އެކުވެރިޔާގެ ދަރިފުޅާއި ކައިވެނިނުކުރީތީއެވެ.
ރިޒޯޓެއްގައި ބޭއްވި އިވެންޓެއްގައި ބައިވއެރިވެފައި ދަރިފުޅު ގެއަށް އައިއިރު މެންދަމު 1 ޖަހަނީއެވެ. ކޮޓަރިއަށް ވަންއިރު އަނބިމީހާގެ މަގަތުގައި ފިރިހެނަކު އޮތެވެ. ފިރިމީހާ ވަރަށް ޙައިރާންވިއެވެ. އެއީ އަނބިމީހާގެ ކިބައިން މިފަދަ އެއްވެސް ކަމެއް ދުވަހަކުވެސް ފެނިފައި ނެތީމައެވެ. ކޮންމެރެއަކު އަނބިމީހާ ރޭއަޅުކަންކުރާތީއެވެ.
ކޮންމެއަކަސް ލޮލަށް ފެނުނުތަނެއް ޤަބޫލުކުރަން ފަސޭހަވާނެތާއެވެ. އަނބިމިހާއަށާއި އެމީހާއަށް ގޮވުމުން އަނބިމީހާ ފެށީ ރޯށެވެ. ބުނީ ކޮޓަރިއަށް އެއްވެސް މީހަކު ނުވައްދާކަމަށާއި މިއީ ކާކުކަން ނުވެސް އެނގޭ ކަމަށެވެ. އެމީހާއަށް ބުނީ އޭނާގެ އެއްވެސް މައްސަލައެއް ނެތަކަމަށާއި އަވަހަށް ނުކުމެގެންދިއުމަށެވެ. އަނބިމީހާ ބުނީ އޭނާގެ މައްސަލައެއް އެބައޮތްކަމަށާއި އިހަށް އޭނާ ފޮނުވައި ނުލުމަށެވެ. ފިރިމީހާގެ އަތަށް ފޯނުދީފައި ބުނީ ކޮޓަރީގެ ފުޓޭޖް ބަލައިލުމަށެވެ.
"މިއީ ދިމާވެދާނެ ކަމެއްކަމަށް ވިސްނި ސއްރުކެމެރާއެއް ހަރުކުރީ 3 ދުވަސްކުރިން! ފުޓޭޖް ބަލައިލާ!"
ފުޓޭޖް ބަލައިލުމުން މަންމަ ސިއްރުން މީހަކު ވައްދައި އެނދުގެ މަގަތުގައި ބޭއްވިތަނެވެ. "އެއިރުން ސުރެ މިއޮތީ ހޭލައި. ކަލާ ގެއަށް އަންނާނެ ވަޤުތުގެ އިންތިޒާރުގަ! މަންމަ މިކަން ކުރަން ރާވާތާ ކިތަންމެ ދުވަހެއް! ތިއައީ ދިވެއްސެއްވެސް ނޫން! ބަންގާޅީއެއް! 10000 ރުފިޔާ ދީގެން ތިކަންކުރުވީ."
ފިރިމީހާއަށް ބުނާނެ އެއްޗެއްވެސް ނުއެނގުނެވެ. މަންމަ ގެނެސް ސުވާލުކުރުމުން ފުރަތަމަ ހެދީ ދޮގެވެ. ވީޑިއޯ ދެއްކުމުން އެއްބަސްވެ މާފަށް އެދުމުން ދަރިފުޅު ބުންޏެވެ. "ލޯބިވާ މަންމާއެވެ! މަންމަ ހެނދުނު މަންމަގެ ގެއަށް ބަދަލުވާށެވެ! ހުރިހާ ކަމެއްވެސް ކޮށްދޭނަމެވެ. އެކަމަކު ދެން މިގެއަށް ވަދެގެން ނުވާނެއެވެ. ތިއައީ އިންސާނެއްގެ ސިފައިގައި އިން ޝައިޠާނެކެވެ. ޝައިޠާނަކަސް މަނަމްވީމާ މަންމައަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރާނަމެވެ."
މަންމަ ވީބޭޒާރުބޮޑުކަމުން ހެނދުނުވަންދެންވެސް މަޑުނުކޮށް ޓެކްސީއަކަށް އަރައިގެން ގެއަށްދިއައީއެވެ.
މިހުރީ މިއަދު ހިނގާ ކަންކަމެވެ. މިއީވެސް މަންމައެކެވެ. ޢުމުރުންވެސް ދުވަސްވާނެތާއެވެ. އެހެންކަމާއިއެކުވެސް މަރުވާނެކަންވެސް ހިތަށްނުއަރާކަން ކިހައިދެރަހެއްޔެވެ؟ ހިތުގައި ޙަސަދަވެރިކަން ބޮދުވެއްޖެނަމަ ޝައިޠޯނާގެ ބަހަށް ހެއްލެވި ނުކުރެވޭނެ ކަމެއް ނުއޮންނާނެއެވެ.
- ޖަޒީލާ / މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ-