ބޭނުންވާ ތަކެތި:
1 ލުނބޯ (ކިބަކޮށްލާފަ)
10 ފޭރުފަތް ( ރަނގަޅު ސައިޒުގެ)
500 އެމްއެލް ފެން
ތައްޔާރުކުރާނެ ގޮތް:
ފެނަށް ފޭރުފަތާއި ލުނބޯ 2 ކިބަ ލައި ރަނގަޅަށް ކައްކާށެވެ. ކެކުމުން ބާލައި 20 މިނިޓްވަންދެން ހިހޫކުރަން ބަހައްޓާށެވެ. ފުރާނާލައިގެން ބޯށެވެ. ރަނގަޅީ ދުވާލަކު 2 އިރު ބޭނުންކުރުމެވެ. މި ބުއިމަށް އަހަރެން ކިޔާނީ ފޭރުފަތުސައެވެ. އެއީ ކައްކައިގެން ތައްޔާރުކުރާތީއެވެ.
ފޭރުން ލިބޭ ފައިދާތައް:
--ސަރުބީ ވިރުވައި ހިއްކައިދިނުން
--ލޭގަ ހަކުރު ކޮންޓްރޯލްކުރުން
--ވިޓަމިން ބީ ، ވިޓަމިން ސީ އަދި ފައިބަރ ލިބުން
--ޙަޖަމް ރަނގަޅުވެ ބޮޑުކަމުދާން ފަސޭހަވުން
--ކެންސަރު ޖައްސުވާ ސެލްތައް ނައްތާލުން
--ލޭގެ ޕްރެޝަރު ކޮންޓްރޯލްކުރަން އެހީތެރިވެ، ހާޓްއެޓޭކާ ސްޓްރޯކް ޖެހުމުން ސަލާމަތްކޮށްދީ ހިތަށް ދުޅަހެޔޮކަން ގެނެސްދޭ
--ކޮލޮސްޓްރޯލް މަދުކޮށްދޭ
--ޅަ (ގިތި) ފޭރު ކެއުމުން ބޭރަށް ހިންގުން ހުއްޓުވައިދޭ
--ފާރުހިއްކަން އެހީތެރިވެދޭ
ގަހުން ފޭރު ހުސްވެދާނެއެވ. ނަމަވެސް އަބަދުވެސް ފަތްލިބޭނެއެވެ. ފޭރުން ލިބޭ ހުރިހާ ފައިދާތަކެއް ފޭރުފަތުންވެސް ލިބޭނެއެވެ. ސައިންސްކުރިއަރައި އިތުރު ކަންކަން އެނގުނު ނަމަވެސް އެންމެ ކުރީ ޒަމާނުންސުރެ ފޭރުން ގިނަ ފައިދާތައް ކުރާކަން ވަނީ ޔަޤީންކުރެވިފައެވެ.
--މަޢުލޫމާތު: ޞިއްޙީ ޚަބަރު