އޭ.އެސް.އެމް.އެޗް ގައި ކުރިއަށްގެންދާ ސާޖިކަލް އައުޓްރީޗް ޕްރޮގްރާމަށް ބޮޑު ތަރުހީބެއް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
އޭ.އެސް.އެމް.އެޗް ގައި ކުރިއަށްގެންދާ ސާޖިކަލް އައުޓްރީޗް ޕްރޮގްރާމަށް ބޮޑު ތަރުހީބެއް

އެކި ދާއިރާތަކުގެ ދިވެހި ޑޮކްޓަރުންގެ ޓީމަކާއެކު އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް (އޭ.އެސް.އެމް.އެޗް) ގައި އޮޕަރޭޝަންތަކަށް ޚާއްޞަ ކޭމްޕެއް މިއަދު ފަށައިފިއެވެ.

މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީ ވެލްފެއާ، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އަދި އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް (އޭ.އެސް.އެމް.އެޗް) ގުޅިގެން، ކުރިއަށްދާ މި ކޭމްޕަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާއިރު، މިހާތަނަށް 350 އެޕޮއިންޓްމަންޓް ކޮންފާމްވެފައިވާއިރު، ވޭޓިންގް ލިސްޓުގައި 190 ބަލިމީހުން އެބަތިއްބެވެ.

އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް (އޭ.އެސް.އެމް.އެޗް) މި ކޭންޕް ކުރިއަށްދާނީ ޖޫން 11 އިން 13 އަށެވެ

މި ކޭމްޕުގައި ކަފާލައިގެން (އޯޕަން) އަދި ލޯވަޅުއަޅައިގެން (ލެޕްރަސްކޯޕިކް) ކޮށް އޮޕަރޭޝަން ކުރުމާއި، ފަސޭހަނުވެ ގިނަ ދުވަސްވެފައި ހުންނަ ފާރުގަނޑުތަކަށް ފަރުވާ ދިނުމާއި، ޕްލާސްޓިކް ސަޖަރީގެ ހިދުމަތާއި، ކެންސަރުބަލީގެ އޮޕަރޭޝަންގެ ހާއްސަ ޑޮކްޓަރުގެ ހިދުމަތް ދިނުން ހިމެނެއެވެ. އަދި، ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރުންގެ ހިދުމަތާއި، ނާރުގެ ބަލިތަކުގެ އޮޕަރޭޝަން (ނިއުރޯ ސާޖަރީ) ގެ ޑޯކްޓަރުގެ ހިދުމަތުގެ ނުފިލާ ހުންނަ ތަދުތަކަށް ފަރުވާ ދިނުން ހިމެނެއެވެ.

މީގެއިތުރުން މި ޓީމުން ހޮސްޕިޓަލުގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުންނަށް ތަމްރީނުތައް ނަގައިދިނުން ވެސް ވަނީ ހަމަޖެހިފައިވެއެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން