ބޮލަކަށް 5500 ރުފިޔާގެ މަގުން މުދަލު ޒަކާތް ބަހައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 58ސ
ބޮލަކަށް 5500 ރުފިޔާގެ މަގުން މުދަލު ޒަކާތް ބަހައިފި

މިއަހަރުގެ މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް 5500 ރުފިޔާގެ މަގުން ފައިސާ ބަހައި ނިންމާފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ. މިއީ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް ޖެހުނު އެންމެ ބޮޑު އަދަދުކަން އެ އިދާރާއިން ފާހަގަކުރެއެވެ.

މޯލްޑިވްސް ޒަކާތު ހައުސްއިން މަޢުލޫމާތު ދެއްވި ގޮތުގައި، މިއަހަރުގެ ހައްޖުމަހުގެ 1 ވަނަ ދުވަހާ ހަމައަށް ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް މިހާރު ވަނީ ޒަކާތުގެ ފައިސާ ޖަމާކޮށްދީފައެވެ. ޒަކާތު ހައުސްއިން ވިދާޅުވީ، މި މުއްދަތުގެ ނިޔަލަށް ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ޖުމުލަ 2،384 މީހުން ރަޖިސްޓަރީވެފައިވާ ކަމަށެވެ.

މި ފަރާތްތަކަށް ޒަކާތުގެ ގޮތުގައި ބެހި ފައިސާގެ ޖުމުލަ އަދަދަކީ 13,112,000 (ތޭރަ މިލިއަން އެއްލައްކަ ބާރަހާސް) ރުފިޔާއެވެ. ކޮންމެ ބޮލަކަށް 5500 ރުފިޔާ ޖެހިފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު އިތުރު އަދަދެކެވެ.

މުދަލު ޒަކާތަކީ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ނިޞާބު ހަމަވުމުން ނެރުން ވާޖިބުވާ އެއްޗެކެވެ. ރާއްޖޭގައި މުދަލު ޒަކާތް ބަހަމުންދަނީ ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި ދަފްތަރު ކުރެވިފައިވާ ފަރާތްތަކުގެ މެދުގައެވެ.

މިއަދު އޮންލައިން