ދެމަފިރިންގެ ގުޅުމާ ޢާއިލީ ގުޅުމާ އެކުވެރިންގެ ގުޅުން ފުނޑުފުނޑުކުރާ މީހުންނަށް ވަންނަން ޖެހޭނީ ކޮންތަނަކަށްތަ؟ "ދެބައޮޑުވާ މީހަކު ސުވަރުގެއަށް ނުވަންނާނެ!" ޙަދީޘް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ދެމަފިރިންގެ ގުޅުމާ ޢާއިލީ ގުޅުމާ އެކުވެރިންގެ ގުޅުން ފުނޑުފުނޑުކުރާ މީހުންނަށް ވަންނަން ޖެހޭނީ ކޮންތަނަކަށްތަ؟ "ދެބައޮޑުވާ މީހަކު ސުވަރުގެއަށް ނުވަންނާނެ!"  ޙަދީޘް

ދެމަފިރިންގެ މެދުގައިވިޔަސް އަދި އެހެންމީހުންގެ މެދުގައިވިޔަސް ފިތުނަ އުފައްދައި ދޭތެރެ ޖައްސުވަމުން ހިނގާ މީހުންނަށް އެކުރެވޭ ކަމަކީ ދެބައުޑުވުމެވެ. މީހަކު ވާހަކައެއް ބުނި ނަމަވެސް އެވާހަކައެއް އަނެއް މީހާގެ ގާތުގައި ބުނުމުން ފިތުނަ އުފެދޭ ޒާތުގެ ވާހަކަ ދައްކަމުން ހިނގުމަކީ ހަމަ ސީދާ ދެބަ އުޑުވުމެވެ.  

އެފަދަ މީހުންނާއިމެދު ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްފުޅު ކުރައްވަވާފައިވަނީ މިފަދައިންނެވެ.  

ނަބިއްޔާ ﷺ ޙަދީޘްކުރެއްވެވިއެވެ.  

لَا يَدْخُلُ الْجَنَّةَ نَمَّامٌ

މާނައީ: " ދެބައޮޑުވާ މީހަކު ސުވަރުގެއަށް ނުވަންނާނެއެވެ."  (ޞަޙީޙް މުސްލިމް) 

ދެން ނިކަން ބުނެބަލާށެވެ! މިއީ ކުރަން ހެޔޮވެދާނެ ކަމެއް ހެއްޔެވެ؟ އެކަންކުރާ މީހުންނަށް ތިމާޢަށް މިކުރެވެނީ ކިހައިވަރެއްގެ ނުބައިކަން ބޮޑުކަމެއްކަން އެނގިތިބެ އެކަންކުރާނަމަ ހުރި ހިތާމައެއްގެ ބޮޑުކަމާއިއެވެ. ބުނުން ނޫން އޮތީ ކޮން ގޮތެއް ހެއްޔެވެ؟  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ފާފައިގެ ބޮޑުމން ބަލަންވީ އެފާފައެއް ކުރުމުން މަރުގެ އަދަބުދިނުމަށް އޮތުމަކުން އެކަންޏެއް ނޫނެވެ. ތިމާއަށް ސުވަރުގެ ނުލިބިދާނެ ކޮންމެ ﷲާފައަކީވެސް ހަމަ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ފާފަތަކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން