ފަށްކުރުމެއް!: މަރުވުމަށްފަހު ކަންކަން މެދުވެރިވާނެ ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 11މ 7ސ
ފަށްކުރުމެއް!: މަރުވުމަށްފަހު ކަންކަން މެދުވެރިވާނެ ގޮތުގެ ވާހަކަ-

` رَحْمَان  ވަންތަ رَحِيْمُ ވަންތަ ﷲ ގެ اِسْمُ ފުޅުން (ފަށައިގަންނަމެވެ.)  

وَمَا آتَاكُمُ  الرَّسُولُ  فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانْتَهُوا ۚ وَاتَّقُوا اللَّهَ ۖ إِنَّ اللَّهَ شَدِيدُ الْعِقَابِ (7) (الحشر: 7)

އަދި رَسُوْل އާ ތިޔަބައިމީހުންނަށް ގެނެސް ދެއްވި ކޮންމެ އެއްޗެއްގައި، ފަހެ ތިޔަބައިމީހުން ހިފާށެވެ! އަދި އެކަލޭގެފާނު ތިޔަބައި މީހުންނަށް نَهِى ކުރެއްވި ކޮންމެކަމަކުން، ފަހެ ތިޔަބައިމީހުން ދުރުވެގަންނާށެވެ! އަދި ތިޔަބައިމީހުން ﷲ އަށް تَقْوَاى ވެރިވާށެވެ!  ހަމަކަށަވަރުން ﷲ އީ، عُقُوبَاتُ ގަދަފަދަ ވެގެންވާ ރަސްކަލާނގެ އެވެ.

`

اَلْحَمْدُ للهِ الَّذِى أَرْسَلَ رَسُوْلَهُ بِالْهُدَاى وَدِيْنِ الْحَقِّ لِيُظْهِرَهُ عَلَى الدِّيْنِ كُلِّهِ وَلَوْ كَرِهَ الْمُشْرِكُوْنَ، وَأَشْهَدُ أَنْ لاَإِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيْكَ لَهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُوْلُهُ اَللَّهُمَّ صّلِّ وَسَلِّمْ عَلَى سَيِّدِ الْأَنْبِيَاءِ وَالْمُرْسَلِيْنَ نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِيْنَ *  

(1)          މިފޮތަކީ، اَللهُ سُبْحَانَهُ وَتَعَالَى ގެ ރުހިވޮޑި ގަތުން ލިބުމަށް އެދޭ މީހަކަށާއި، މަރުވުމަށްފަހު މެދުވެރިވާ ކަންތަކަށްޓަކައި عَمَلُ ކުރާ ބުއްދިވެރިޔަކަށް ހަނދުމަ އާކޮށްދިނުމުގެ ގޮތުން އެކުލަވައިލެވިފައިވާ ފޮތެކެވެ. الله وَحى  ކުރައްވާފައި ވެއެވެ. وَذَكِّرْ فَإِنَّ الذِّكْرَىٰ تَنْفَعُ الْمُؤْمِنِينَ (سورة الذّاريات: 55)  

މި آية ގެ މާނައަކީ، " ކަލޭގެފާނު  ހަނދާން ކޮށްދެއްވާށެވެ! ފަހެ ހަމަކަށަވަރުން ހަނދާންކޮށް ދިނުމަކީ مُؤْمِنُ ންނަށް މަންފާ ކުރާނޭ ކަމެކެވެ."   

މަރުވުމުގެ މާނައަކީ، ފުރާނަ ހަށިގަނޑާ ވަކިވުމެވެ. ފުރާނައަކީ ނެތި ފަނާވެދާ އެއްޗެއްނޫނެވެ. ވުމާއެކު މަރުވުމަށްފަހު ފުރަނައާއި ހަށިގަނޑަށް މެދުވެރިވާ ކަންތައްތައް ދެނެގަތުމަކީ ވަރަށް مُهِمُّ ކަމެކެވެ. މިކަން އެނގޭހުށީ، ހަމަ އެކަނި ކީރިތި قُرْآن އާއި، ކީރިތި رَسُول އާގެ سُنَّة ގެ އަލީގައެވެ.  

ފުރާނަ ހިއްޕެވުމަކީ ﷲ ގެ އަމުރުފުޅަށް ހިނގަމުންދާ ކަމެކެވެ. ﷲ ގެ وَحِى ބަސްފުޅުގައި ވެއެވެ. اللَّهُ يَتَوَفَّى الْأَنفُسَ حِينَ مَوْتِهَا وَالَّتِي لَمْ تَمُتْ فِي مَنَامِهَا ۖ فَيُمْسِكُ الَّتِي قَضَىٰ عَلَيْهَا الْمَوْتَ وَيُرْسِلُ الْأُخْرَىٰ إِلَىٰ أَجَلٍ مُّسَمًّى ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ (އައްޒުމަރު: 42) 

މި آية ގެ މާނައަކީ، نَفْسُ ތައްމަރުއްވާހިނދު އެ نفس ތަކުގެ ފުރާނަތަކާއި، އަދި މަރުނުވެ، ނިދާ ވަގުތުގައި، ނިދާމީހުންގެ ފުރާނަތައް ހިއްޕަވަނީ ﷲ އެވެ. ދެން މަރުވުމަށް ކަނޑައަޅުއްވައިފި މީހެއްގެ ފުރާނަ އެކަލާނގެ ހިފަހައްޓަވަ އެވެ. އަދި އެނޫން މީހުންގެ ފުރާނަ ކަނޑައެޅިގެންވާ މުއްދަތަކަށް (ހަށިތަކަށް) ފޮނުއްވައެވެ. ހަމަކަށަވަރުން އެކަންތަކުގައި ފިކުރުކުރާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ. 

ފުރާނަ ހިއްޕެވުން الله حَوَال ކުރައްވާފައި ވަނީ مَلَكُ الْمَوْت عَلَيْهِ السَّلاَم އަށެވެ. الله وَحِى ކުރައްވާފައި ވެއެވެ.  

قُلْ يَتَوَفَّاكُم مَّلَكُ الْمَوْتِ الَّذِي وُكِّلَ بِكُمْ ثُمَّ إِلَىٰ رَبِّكُمْ تُرْجَعُونَ (سورة السجدة : 11 )  

މި آية ގެ މާނައަކީ، "ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ މަރު ހިއްޕެވުން حَوَالُ ކުރެއްވިފައިވާ مَلَكُ الْمَوْت ތިޔަބައިމީހުންގެ މަރު ހިއްޕަވާނެއެވެ. ދެން ތިޔަބައިމީހުން رُجُوعُ ކުރެއްވޭހުށީ، ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ حَضْرَة އަށެވެ." މިއެވެ.  

مَلَكُ الْمَوْت عَلَيْهِ السَّلاَم އަށް މަދަދު ވެރި مَلاَئِكَةُ ން ތިއްބަވައެވެ. الله وَحِى ކުރެއްވިއެވެ.  

وَهُوَ الْقَاهِرُ فَوْقَ عِبَادِهِ ۖ وَيُرْسِلُ عَلَيْكُمْ حَفَظَةً حَتَّىٰ إِذَا جَاءَ أَحَدَكُمُ الْمَوْتُ تَوَفَّتْهُ رُسُلُنَا وَهُمْ لَا يُفَرِّطُونَ (سورة الأنعام : 61) މި آية ގެ މާނައަކީ، "އަދި އެކަލާނގެއީ، އެކަލާނގެ އަޅުތަކުންގެ މައްޗަށް ގަދަވެވޮޑިގެންވާ ރަސްކަލާނގެ އެވެ. އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ރައްކައުތެރި ކުރަނިވި مَلاَئِكَة ން ފޮނުއްވައެވެ. ތިޔަބައި މީހުންގެ ތެރެއިން މީހަކުގެ ގާތަށް މަރު އަތުވެއްޖެނަމަ، އެހިނދު ތިމަން ރަސްކަލާނގެ ފޮނުއްވަވާ مَلاَئِكَة ން އެމީހަކުގެ ފުރާނަ ހިއްޕަވައެވެ. އެ مَلاَئِكَة ން (އެކަމުގައި) ލަހެއް ފަހެއް ނުކުރައްވާނެއެވެ." 

މި آيَة تَفْسِيْرُ ކުރެއްވުމުގައި، ﷲ ރުއްސުންލެއްވި اِبْنُ عَبَّاس (2) ގެފާނާއި އެހެނިހެން ބޭކަލުން ވިދާޅުވެފައި ވެއެވެ. مَلَكُ الْمَوْت عَلَيْهِ السَّلاَم އަށްމަދަދުވެރި مَلاَئِكَة ން ތިއްބަވައެވެ.  

މަރުވުމަށްފަހު އަލުން ދިރުމަކަށް ފޮނުއްވެވޭ ދުވަހަށް ދާންދެން (އެބަހީ قِيَامَة އާ ހަމައަށް) بَرْزَخُ ގެ عَالَمُ ގައި ފުރާނަ ހަށިގަނޑާ ގުޅިފައިވާ حَالُ ގައްޔާއި، ފުރާނަ ހަށިގަނޑާ ގުޅިފައިނުވާ حَال ގައި، ފުރާނައަށް މެދުވެރިވާ ކަންތައްތަކެއް ވެއެވެ. މިކަންތައްތަކާ ބެހޭގޮތުން ކީރިތި قرآن އާއި، ކީރިތި رَسُول އާގެ سُنّة ގެ އަލީގައި މިފޮތުގައި އަލި އަޅުވައި ލެވިފައި ވާނެއެވެ. 

(އަލްއުސްތާޛް އާދަމް ނަސީމު  ހ. ޕޫނަމް (ބީއޭ ނަސީމް) ލިޔުއްވާފައިވާ މަރުވުމަށްފަހު ވާނީ ކިހިނެއް! (ބަރުޒަޚްގެ ޢާލަމް) ފޮތުން)

 

 

- ބަރުޒަޚުގެ ޢާލަމް (1): މަރުވުމަށްފަހު ވާނީ ކިހިނެއް؟

މިއަދު އޮންލައިން